03 އޮކްޓޯބަރ 2022
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ސްކްރީނިން ޕެކޭޖްތަކުން 10 ޕަސެންޓް ޑިސްކައުންޓް ދޭގޮތަށް ނިންމައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ސްކްރީނިން ޕެކޭޖްތަކުން 10 ޕަސެންޓް ޑިސްކައުންޓް ދޭގޮތަށް ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ހިތުގެ ސްކްރީނިންއަށް ދެ އުމުރުފުރައެއްގެ ޕެކޭޖްތައް ހަދާފައިވާ ކަމަށެވެ. އެއީ 30 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރާ އަށް ތައާރަފުކޮށްފައިވާ ހެލްތީ ހާޓު ޕެކޭޖާއި 60 އަހަރުން މައްޗަށް ތައާރަފު ކޮށްފައިވާ ސްްޓްރޯންގު ހާޓް ޕެކޭޖެވެ.
ޕެކޭޖާއި ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ޕޯސްޓެއް.
ޓްރީ ޓޮޕުން ބުނި ގޮތުގައި ހެލްތީ ހާޓު ޕެކޭޖާއި ސްޓްރޯންގު ހާޓު ޕެކޭޖަކީ ހިތުގެ ބަލިތައް ދެނެގަތުމަށް ހަދާ ޓެސްޓުތަކެއް ހިމަނޭ ޕެކޭޖެކެވެ. ކްލިނިކަލް އެގްޒަމިނޭޝަންގެ ގޮތުގައި މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީ.އެމް.އައި އަދި ބްލަޑް ޕެރެޝަރު ބެލޭނެ އެވެ. އަދި ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓް-އްކްސް-ރޭ، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކާޑިއޮގްރާމް (އީ.ސީ.ޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީ.އެމް.ޓީ) ހެދޭނެ އެވެ.
އެ ޕެކޭޖުތަކުގައި އޯ.ޕީ.ޑީ ކޮންސަލްޓޭޝަންގެ ހިދުމަތް ވެސް ހިމެނޭކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އެގޮތުން ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމާއި ޓެސްޓްތަކުގެ ނަތީޖާއާ އެކު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ޕެކޭޖުތަކުގައި ހިމެނޭ ލެބޯޓްރީ އިންވެސްޓިގޭޝަނުގެ ތެރޭގައި ހިމެނެނީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލްކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ހޯމޯސިސްޓީން ޓެސްޓެވެ.
ޓްރީ ޓޮޕުން ބުނީ އެ ޕެކޭޖުތަކުން ޑިސްކައުންޓު ދޭން ނިންމީ ހިތުގެ ބަލިތަކަށް ޓެސްޓުކުރުމަށް ބަރުއެޅުމުގެ ގޮތުން ކަމަށެވެ. އަދި ހިތުގެ ސްކްރީނިން ހެދުން، ދުޅަހެޔޮ ދިރިއުޅުމަކަށް މުހިންމުކަން އެ ހޮސްޕިޓަލުން ފާހަގަ ކުރެ އެވެ.
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ނަން ނޯޓުކުރަން ފަށައިފި
ޓްރީ ޓޮޕަށް އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް
ހަކުރު ބައްޔާގުޅޭ ރޯޑްޝޯއެއް ޓްރީ ޓޮޕްއިން ބާއްވަނީ
ޓްރީ ޓޮޕް ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް
ޓްރީ ޓޮޕުން ހެލްތު ސްކްރީނިން ޕެކޭޖުތަކަށް ޑިސްކައުންޓް
ބޮލާއި ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކާމިޔާބުކޮށްފި
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
އަހަރީ ދުވަހު ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް
ޓްރީ ޓޮޕްގެ ހެލްތު ކޭމްޕެއް ޅ. އަތޮޅު ހޮސްޕިޓަލްގައި
ޓްރީ ޓޮޕުން އެންޓިމައިކްރޮބިއަލް އެވެއާނެސް ވީކެއް