Roadha Mihaaru
ޓްރީ ޓޮޕުން އެންޓިމައިކްރޮބިއަލް އެވެއާނެސް ވީކެއް

ޓްރީ ޓޮޕުން އެންޓިމައިކްރޮބިއަލް އެވެއާނެސް ވީކް ފާހަގަކުރަނީ

19 ނޮވެމްބަރ 2023

ދުނިޔޭގެ އެންޓިމައިކްރޮބިއަލް ވީކް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ އެންޓިމައިކްރޮބިއަލް ވީކް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މި ސެޝަނުގެ މައުޟޫއަކީ "ވޯލްޑް އިންފެކްޝަންސް، ލެޓްސް ފައިޓް ޓު ގެދާ އެންޓިބަޔޮޓިކް ރެޒިސްޓަންސް" މި އެވެ. ޖަރާސީމާއި އެންޓިބަޔޮޓިކް އާއި އެންޓި ބަޔޮޓިކް ރެޒިސްޓަންސް އަދި މި ކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް އެ ސެޝަނުގައި ހިއްސާކުރާނެ އެވެ.

އެންޓިމައިކްރޮބިއަލް ރެސިސްޓަންސް އަކީ ބެކްޓީރިއާ، ވައިރަސް އަދި ފަންގަސް ފަދަ މައިކްރޯއޮގަނިޒްމްސް ބަދަލުވަމުން ގޮސް އެންޓިބަޔޮޓިކަށް މަސައްކަތްކުރުން ހުއްޓެމެވެ. މީގެ ސަބަބުން އިންފެކްޝަންތަކަށް ފަރުވާކުރުމަށް ދަތިވެ، ބަލި ފެތުރުމަށް މަގު ފަހިވެ، ނުރައްކާތެރި ހާލަތަކަށް ދިއުމަށް މަގުފަހިވެ އެވެ. އެންޓިމައިކްރޮބިއަލް ވީކް ފާހަގަކުރަނީ މި ކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

ދުނިޔޭގެ އެންޓި މައިކްރޮބިއަލް ވީކް ފާހަގަކުރަނީ 19 އިން 23ގެ ނިޔަލަށެވެ.

ޓްރީ ޓޮޕުން އާއްމުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން އޮންނާނީ މާދަމާ ހަވީރު 5 އިން 6 އަށް އެ ހޮސްޕިޓަލުގެ ފަސް ވަނަ ފްލޯގަ އެވެ.