Roadha Mihaaru
ޓްރީ ޓޮޕްގެ ކޮންޓެކްޓް ސެންޓަރެއް އޭދަފުށީގައި

ޓްރީ ޓޮޕްގެ ކޮންޓެކްޓް ސެންޓަރެއް އޭދަފުށީގައި ހުޅުވައިފި

03 އޮކްޓޯބަރ 2023

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންޓެކްޓް ސެންޓަރެއް ބ. އޭދަފުށީގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންޓެކްޓް ސެންޓަރެއް ބ. އޭދަފުށީގައި ހުޅުވައިފި އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި މި ސެންޓަރަކީ ޓްރީ ޓޮޕް ހޮސްޕިޓަލާއި މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކްގެ ހިދުމަތްތަކަށް އެޕޮއިންޓްމަންޓް ބުކިން ހެއްދުން ފަސޭހަކޮށްދޭން ހެދި ސެންޓަރެކެވެ. މި ސެންޓަރުގެ ޓީމު ފުޅާކުރުމަކީ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުމާއި ހިދުމަތް ލިބޭނެ މަގު ފަސޭހަކޮށްދިނުމާއި މެހެމާނުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އެކުލަވާލި ޕްލޭންގެ ބައެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ހިދުމަތްތަކަށް އޮންނަ ޑިމާންޑު އަހަރުން އަހަރަށް އިތުރުވަމުން ދާއިރު އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތައް ހޯދަމުން އަންނަ ފަރާތްތައް ވަނީ އިތުރުވެފަ އެވެ. މި ފަދަ ކޮންޓެކްޓް ސެންޓަރެއްގެ ސަބަބުން ހޮސްޕިޓަލަށް ގުޅުއްވައިގެން ފޯނުގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭދަފުށީގައި ހުޅުވި ކޮންޓެކްޓް ސެންޓަރު ޓީމްގެ ހުރިހާ އާ މުވައްޒަފުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ތަމްރީންތަކެއް ހިންގާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.