Roadha Mihaaru
ޓްރީ ޓޮޕް ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް

ޓްރީ ޓޮޕް ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް

13 އޯގަސްޓް 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން މިދިޔަ މަހުގެ 15 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން މިދިޔަ މަހުގެ 15 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ޓްރީ ޓޮޕުން ބުނިގޮތުގައި، މި ފަހަރުގެ ހިތާނީ ކޭމްޕުގައި 250 އަށް ވުރެ ގިނަ ކުދިން ހިތާނުކުރި އެވެ.

އެ ހޮސްޕިޓަލުން ހިތާނީ ކޭމްޕް ބާއްވަނީ އެންމެ ފުރަތަމަ ކޮންސަލްޓޭޝަނުން ފެށިގެން ހިތާނު ކުރުމުގެ ހުރިހާ ހިދުމަތްތަކާއި ފަރުވާ ހޯދުމުގައި ފަސޭހަ ކޮށްދީ، ހެޔޮ އަގުތަކެއްގައި އެ ހިދުމަތް ލިބޭނެ ގޮތް ފަހި ކޮށްދިނުމަށް ކަމަށް ބުންޏެވެ. މި އަހަރުގެ މި ކޭމްޕުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ގޮތުގައި އުޅުއްވީ ޑރ. ހުސެއިން ހަދިޔެވް އާއި ޑރ. އުކަތަމް އަބްދުއްލާޔެވް އާއި ޑރ. އަބްދުﷲ އުބައިދާއި ޑރ. އިބްރާހިމް މޫމިން އާއި ޑރ. މައުމޫން އާސިމް އަދި ޑރ. މުހައްމަދު ޝަރީފެވެ.

ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޑރ. މެހްމެތު އޮޑާ ވެސް ކޭމްޕްގައި އުޅުއްވި އެވެ.

ޓްރީ ޓޮޕުން މިދިޔަ އަހަރުގެ ސްކޫލް ބޮޑު ބަންދުގައި ވެސް ހިތާނީ ކޭމްޕެއް ބޭއްވި އެވެ.