Roadha Mihaaru
ޕްރިވެންޓިވް ސްކްރީނިން އަކީ ކުރުން މުހިންމުކަމެއް

ޕްރިވެންޓިވް ސްކްރީނިން: ކޮންމެހެން ކުރުން މުހިންމު ކަމެއް

19 ޑިސެމްބަރ 2022

ދުޅަހެޔޮ ސިއްހަތުގެ ނަސީބަކީ އެންމެ އަގުބޮޑު އެއް ހަޒާނާ ކަމުގައި ގަބޫލުކުރާ މީހުން ގިނަ އެވެ. ދިވެހިރާއްޖޭގައި ފެންނަމުންދާ ސިއްހީ ޓްރެންޑްތަކަށް ބަލާއިރު ނޮން ކޮމިއުނިކަބަލް ޑިސީޒަސް ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން އުފެދޭ ބަލިތައް ދަނީ އިތުރުވަމުންނެވެ. މި ބަލިތައް ޖެހެނީ ދިރިއުޅުން ބައްޓަންކުރާ ގޮތަކުންނެވެ. ކަސްރަތު ނުކުރުމާއި، ކެއިން ބުއިމުގައި ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭގޮތަށް ކެއުން ނުބެހެއްޓުމުގެ އިތުރުން ހަކުރު ގިނަ ބުއިމުގެ ބާވަތްތައް ބޭނުންކުރުމާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން އެކި އެކި ބަލިތައް ޖެހެން މަގުފަހިވެއެވެ.

ދުޅަހެޔޮ ސިއްހަތުގެ ނަސީބަކީ އެންމެ އަގުބޮޑު އެއް ހަޒާނާ ކަމުގައި ގަބޫލުކުރާ މީހުން ގިނަ އެވެ. ދިވެހިރާއްޖޭގައި ފެންނަމުންދާ ސިއްހީ ޓްރެންޑްތަކަށް ބަލާއިރު ނޮން ކޮމިއުނިކަބަލް ޑިސީޒަސް ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން އުފެދޭ ބަލިތައް ދަނީ އިތުރުވަމުންނެވެ. މި ބަލިތައް ޖެހެނީ ދިރިއުޅުން ބައްޓަންކުރާ ގޮތަކުންނެވެ. ކަސްރަތު ނުކުރުމާއި، ކެއިން ބުއިމުގައި ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭގޮތަށް ކެއުން ނުބެހެއްޓުމުގެ އިތުރުން ހަކުރު ގިނަ ބުއިމުގެ ބާވަތްތައް ބޭނުންކުރުމާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން އެކި އެކި ބަލިތައް ޖެހެން މަގުފަހިވެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ލައިފް އެކްޕެކްޓަންސީ ނުވަތަ އުމުރު ދުވަސް އަންދާޒާކުރެވޭ މިންގަނޑަށް ބަލާއިރު ފިރިހެންނުންގެ އުމުރު ކުރެވެ. އާންމުކޮށް ފިރިހެނުންގެ އުމުރަކީ 79 އަހަރު އަދި އަންހެނުންގެ އުމުރަކީ 85.7 އަހަރެވެ. މިއީ 6.7 އަހަރުގެ ތަފާތެކެވެ.

ފިރިހެނުންގެ އުމުރު ކުރުވުމަށް މެދުވެރިވާ ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން ކަމަށް ސިއްހީ މާހިރުންގެ ލަފަ އާއި ކަމާއިބެހޭ އިދާރާތަކުގެ ރިޕޯޓްތަކުން ފާހަގަކުރެވެ އެވެ. ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ޓައިޕް-2 ޑައިބެޓީސް، ލޭ މައްޗަށް ދިއުން އަދި އާދަޔާ ހިލާފަށް ހަށިގަނޑު ބިޔަވުމުގެ ސަބަބުން ޖެހޭ ފެޓީ ލިވާ ސިންޑްރޯމާއި ކުޑަކަމުދާ ނިޒާމް އަދި ޕްރޮސްޓްރޭޓަށް ޖެހޭ ބަލިތައް ހިމެނެވެ.

މިފަދަ ބަލިތަކުން ސަލާމަތްވުމަށް އާންމުކޮށް ކަސްރަތުކުރުމާއި، ކެއުމުގައި ސިއްހަތަށް ފައިދާހުރި ބާވަތްތައް ބޭނުންކުރުން އަދި ޕްރިވެންޓެޓިވް ރެގިއުލާ ހެލްތު ސްކްރީނިން ހެދުމަކީ ވަރަށް މުހިންމު ފިޔަވަޅުތަކެވެ.

ޕްރިވެންޓެޓިވް ރެގިއުލާ ހެލްތު ސްކްރީނިން ނުވަތަ ކުރިޔާލައި ބަލިތަކުން ރައްކާތެރިވުމަށް ހަދާ ސިއްހީ ތަހުލީލުތަކަކީ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ނޫނީ އިތުރަށް ގޯސްވުމުގެ ކުރިން ބަލީގެ ބާވަތް އަދި ރިސްކް ފެކްޓާސް ނުވަތަ ހިރާސްތައް ދެނެގަނެ އަވަސް ފަރުވާދިނުމަށް ފަސޭހަވެގެންދާ ކަމެކެވެ.

ޕްރިވެންޓެޓިވް ހެލްތު ސްކްރީނިން އަކީ ފުރިހަމަ ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ. އެއީ ޕްރިވެންޓެޓިވް ހެލްތު ސްކްރީނިން މުހިންމުވާ ސަބަބުތަކީ ފުރާނައަށް ނުރައްކާވެދާނެ ސިއްހީ ހާލަތްތައް ނުވަތަ ބަލިތައް އަވަހަށް ދެނެގަނެ ބައްޔަކަށް ފަރުވާދިނުމަށް މަގުފަހިކޮށްދޭނެ އެވެ. ކުރިން ޖެހިފައި ހުރި ބައްޔެއް ނަމަ ގަވާއިދުން މޮނިޓަކޮށް، އޭގެ ސީރިއަސްކަން ކުޑަކުރުމަށް ވަގުތުން ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދެ އެވެ. އަދި ހެލްތު ސްކްރީނިންގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް، ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތުކުރުމާއި ސިއްހަތަށް ގެއްލުންވާނެ ފަދަ އާދަތަކާ ދުރުހެލިވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށް ވެސް މަގުފަހިކޮށްދޭ ކަމެކެވެ.

އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެލް މޭލް ޕެކޭޖުގެ ޒަރިއްޔާއިން ފިރިހެނުން ތެރޭގައި އާންމުކޮށް ޖެހޭ ބަލިތައް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ. އެގޮތުން ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯ.ޕީ.ޑީ ކޮންސަލްޓޭޝަން، ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނޭނެ އެވެ.

Tree Top Hospital Maldives

Tree Top Hospital Maldives

Excellence in Healthcare

ޓްރީ ޓޮޕްގެ ވެބްސައިޓު.

އެ ޕެކޭޖުގެ މައުލޫމާތު ހޯދައި، އެޕޮއިންޓުމަންޓް ހެއްދުމަށް 3351610 އަށް ގުޅައިގެން ނުވަތަ care@treetophospital.com އަށް އީމެއިލް ކޮށްގެން ބޭނުންވާ މައުލޫމާތު ލިބޭނެ އެވެ.

ނޯޓު: މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.