Roadha Mihaaru
ޓްރީ ޓޮޕުން ކަކުލުގެ އުނދަގޫ ސާޖަރީއެއް ކޮށްފި

ޓްރީ ޓޮޕުން ކަކުލުގެ އުނދަގޫ ސާޖަރީއެއް ކޮށްފި

07 ޑިސެމްބަރ 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން އާތުރޮސްކޮޕީ މެދުވެރިކޮށް، ކަކުލުގެ ލިގަމެންޓް ރީކޮންސްޓްރަކްޓް ކުރުމުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އާތުރޮސްކޮޕީ މެދުވެރިކޮށް، ކަކުލުގެ ލިގަމެންޓް ރީކޮންސްޓްރަކްޓް ކުރުމުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކުގެ ސަބަބުން މުޅި ކަކުލު ހުޅު ފަޅައިގެން ގޮސް، ކަކުލުގެ ހުޅުގެ ހުރިހާ ލިގަމެންޓްތައް ހަލާކުވެފައިވާ އުމުރުން 31 އަހަރުގެ އެ އަންހެންމީހާގެ އޮޕަރޭޝަންގެ ކަންތައްތަކުގައި ހަރަކާތްތްތެރިވީ ވަރަށް ތަޖުރިބާކާރުންގެ ޓީމަކުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ ރާއްޖޭގައި ލިގަމެންޓް ރިކޮންސްޓްރަކްޝަން އަދި ޕީސީއެލް ރިކޮންސްޓްރަކްޝަންގެ ހުރިހާ ލިގަމެންޓެއް ރިކޮންސްޓްރަކްޓް ކުރި ފުރަތަމަ ފަހަރު ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ކަކުލު ހުޅު ޑިސްލޮކޭޓް ވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެ އަނިޔާގައި ކަކުލު ހުޅުގެ ލިގަމެންޓްތަކަށާއި ފަޔަށް ވަރަށް ބޮޑެތި ގެއްލުންތައް ވެ އެވެ. ކަކޫ ޑިސްލޮކޭޓް ވުމަކީ ކަކުލުގެ ވަށައިގެންވާ ކަށިގަނޑު ކަމަށްވާ 'ޕެޓެލާ' އެ އިންނަން ޖެހޭ ތަނުން ބޭރުވުމެވެ.

ކަކޫ ޑިސްލޮކޭޓް ވުމަކީ ކަކުލުގެ ތިން ކަށިގަނޑު ހުންނަން ޖެހޭ ތަނުން ބޭރުގައި ހުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ މީހާގެ ސާޖަރީގެ ތެރޭގައި ހުރިހާ ލިގަމެންޓްތަކެއް ވެސް ވަނީ ރިކޮންސްޓްރަކްޓްކޮށްފައި ކަމަށެވެ. ރިކޮންސްޓްރަކްޝަން ކުރިއަށް ގެންދިޔައީ ބަލިމީހާގެ ދެ ފައިގެ ލިގަމެންޓް ބޭނުންކޮށްގެންނެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާ ބުނީ، އެ އަނިޔާގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އެކި ގޮތްގޮތުން އޭނާގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުން މަސައްކަތް ކުރި ކަމަށެވެ.

ސާޖަރީ ކުރުމުގައި އިސްކޮށް އުޅުނު އޯތޯޕީޑިކްސް ސާޖަން ޑރ. ކަނިރާޖް މަރިމުތު (ކ). އާއި އޯތޯޕީޑިކްސްގެ ކޮންސަލްޓަންޓް ޑރ. ހުސައިން ފައިސަލް (ވ). -- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް

ސާޖަރީ ކުރުމުގައި އިސްކޮށް އުޅުނު އޯތޯޕީޑިކްސް ސާޖަން ޑރ. ކަނިރާޖް މަރިމުތު (ކ). އާއި އޯތޯޕީޑިކްސްގެ ކޮންސަލްޓަންޓް ޑރ. ހުސައިން ފައިސަލް (ވ). -- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް

"ސާޖަރީގެ ހުރިހާ ކަމެއްގައި ވެސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޑރ. ފައިސަލް އާއި ޑރ. ކަނިރާޖް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އަދި ހޮސްޕިޓަލުގެ ނަރުހުންނާއި ބިޒްނަސް އޮފީހުގެ މުވައްޒަފުން ވެސް އަހަންނަށް ވަރަށް ބޮޑު ސަމާލުކަމެއް ދިން. އެންމެންނަށް ވެސް ވަރަށް ޝުކުރުވެރިވަން،" އެ މީހާ ބުންޏެވެ.

ޓްރީ ޓޮޕުން ކުރި އެ ސާޖަރީގެ ސާޖަރީ ޓީމުގައި ހިމެނެނީ އޯތޯޕީޑިކްސްގެ ކޮންސަލްޓަންޓް ޑރ. ހުސައިން ފައިސަލާއި އޯތޯޕީޑިކްސް ސާޖަން ޑރ. ކަނިރާޖް މަރިމުތު އެވެ. އެ ޓީމުގައި ކޮންސަލްޓަންޓުންގެ ގޮތުގައި އެނެސްތީސިއޮލޮޖިސްޓް ޑރ. އަހުމަދު މަންސޫރާއި ކޮންސަލްޓަންޓް އެނެސްތީސިއޮލޮޖިސްޓް ޑރ. ލެންކާ ސެރްވެނޯވާ އާއި ނަރުހުންގެ ޓީމެއް ވެސް ހިމެނެ އެވެ.

ސާޖަރީގައި އިސްކޮށް އުޅުއްވި ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ކަކުލު ހުޅުގެ ހުރިހާ ލިގަމެންޓެއް ރިކޮންސްޓްރަކް ކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ. އެއީ ވަރަށް ފަރުވާތެރިކަމާއެކު، ކުރަންޖެހޭ ސާޖަރީއެއް ކަމަށާއި ސާޖަރީ ކުރީ ކޮމްޕްލިކޭޝަނެއް ނެތި ވަރަށް އޮމާންކަމާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް އޯތޯޕީޑިކްސް ޑިޕާޓްމަންޓުގައި ހިމެނެނީ މިނިމަލީ އިންވޭސިވް އަދި ރިކޮންސްޓްރަކްޓިވް ސާޖަރީގެ ތަމްރީނާއި ތަޖުރިބާ ހުރި ހުނަރުވެރި ޑޮކްޓަރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ކަށީގެ މައްސަލަތައް ހުންނަ ހުރިހާ އުމުރެއްގެ މީހުންނަށް އެންމެ ފަހުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ފަރުވާ ދޭ ކަމަށް ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ އެއް ހޮސްޕިޓަލުން ބުންޏެވެ.

Tree Top Hospital Maldives

Tree Top Hospital Maldives

Excellence in Healthcare

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެބްސައިޓު. މި ތަނުން ހޮސްޕިޓަލާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޯޕީޑިކްސް ޑިޕާޓްމަންޓަށް އެންމެ ބޮޑު އެހީތެރި ކަމެއް ފޯރުކޮށްދެނީ ފިޒިކަލް، ސްޕީޗް، އަދި އޮކިއުޕޭޝަނަލް ތެރަޕީ ފޯރުކޮށްދޭ ރިހެބިލިޓޭޝަން ސްޕެޝަލިސްޓުންނެވެ. އެ ހޮސްޕިޓަލުން އެކުލަވާލާފައި ވަނީ މޮބިލިޓީ ރަނގަޅު ކުރުމާއި ރިހުން ކުޑަކުރުމުގެ ނުވަތަ ނައްތާލުމުގެ އެންމެ ބޮޑު ފުރުސަތު ލިބޭ އިންޑިވިޖުއަލައިޒްޑް އަދި ކޮމްޕްރެހެންސިވް ކެއާ ޕްލޭނެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

● ނޯޓު: މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.