22 ޖޫން 2021
ޓްރީ ޓޮޕް ހޮސްޕިޓަލުން ކެންސަރުގެ ބަލިތަކަށް އަލުން ފަރުވާދޭން ފަށައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ކެންސަރުގެ ބަލިތަކަށް އަލުން ފަރުވާދޭން ފަށައިފި އެވެ.
ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގެ ހިދުމަތްތައް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ރޭޑިއޯތެރަޕީ ދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ އަމްރު އަހުމަދެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމެންޓުން ކެންސަރު ބައްޔަށް ޑައިގްނޯސް ކުރުމާއި ބަލީގެ ތަފާތު ފަރުވާދެމުންދެ އެވެ. އަދި ކީމޯތެރަޕީ އާއި ޓާގެޓެޑް ތެރަޕީ އާއި އިމިއުނޮތެރަޕީ އާއި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ކަރުގެ ކެންސަރާއި ކޮލޯން ކެންސަރަށް ފަރުވާދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ދެމުން އަންނަ އިރު، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް، ހާއްސަކޮށް ކީމޯތެރަޕީ ޔުނިޓާއި އިންފިއުޝަން ޔުނިޓެއް ހިންގަ އެވެ. ކީމޯތެރަޕީ ޔުނިޓުން ކެންސަރު ބަލީގެ އެޑްވާންސް ޓެސްޓުތަކާއި ބައޮލޮޖިކަލް ތެރަޕީ އާއި އިމިއުނިނޮތެރަޕީ ދެ އެވެ.
ޓްރީ ޓޮޕްގައި އިންފިއުޝަން ޔުނިޓުގައި ވަކިވަކި ބަލި މީހުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ފަރުވާ ދިނުމަށް ހާއްސަ ސްޓޭޝަންތައް ވަނީ ހަދައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް 3351610 ނުވަތަ care@treetophospital.com މެއިލް ކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ޓްރީ ޓޮޕުން ކޮވިޑަށް ފަރުވާދިނުމުގައި ނަމޫނާ ދައްކައިފި
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
އައިޔޫއައިގެ ފަރުވާ ވެސް ޓްރީ ޓޮޕްގައި
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ
ޓްރީ ޓޮޕުން ކަކުލުގެ އުނދަގޫ ސާޖަރީއެއް ކޮށްފި
ކިޑްނީގެ ދުޅަހެޔޮ ކަމަށް ފެން ވަރަށް މުހިންމު
ޓްރީޓޮޕުން ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތް ދެނީ