29 މެއި 2023
ފަރުވާ ދޭން ޖެހެނީ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކުން ކަމަށް ވިޔަސް ބަލި މީހުންނަށް ދޭން ޖެހެނީ އޭޝިއާ ސަރަހައްދުގެ ބޭސް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.
ފަރުވާ ދޭން ޖެހެނީ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކުން ކަމަށް ވިޔަސް ބަލި މީހުންނަށް ދޭން ޖެހެނީ އޭޝިއާ ސަރަހައްދުގެ ބޭސް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދޭ އަމިއްލަ އެންމެ ބޮޑު އެއް ހޮސްޕިޓަލުން އިސްވެ ހެދި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، ޓްރީ ޓޮޕް ހެލްތުގެ އެމްޑީ ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން، މާޗު 1، 2018 ގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ ދުނިޔޭގެ ފެންވަރުގެ ފަރުވާ ދިނުމަށް އަމާޒުކޮށް، އެ ފެންވަރުގެ ބަޔަކާ އެކު ކަމަށެވެ.
ނަމަވެސް، އެ ފޯމިއުލާ ފެއިލްވުމުން އެއްބަސްވުން ބާތިލްކޮށް 2019 ވަނަ އަހަރުން ފެށިގެން ޓްރީޓޮޕް ހެލްތުން އަމިއްލަ އަށް ހޮސްޕިޓަލް ހިންގަން ފެށިތަނާ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވީ ކަމަށާއި އޭގެ ސަބަބުން އޮޕަރޭޝަނެއް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ނަމަވެސް، އެކަންކަމުން އަރައިގަނެ ރަނގަޅު މަގުން ހޮސްޕިޓަލް މިހާރު ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި މި ކަންކަން އަދި އިތުރަށް ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަ. ހޮސްޕިޓަލުގައި ކުދިކުދި އިޝޫސްތައް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރައްވާ. ހާއްސަކޮށް ގެސްޓް ރިލޭޝަން ކަންތައްތައް. ވަރަށް ކައިރި މުސްތަގުބަލެއްގައި މި ކަންތައްތައް މިހާރަށް ވުރެ ރަނގަޅުވާނެ ވާހަކަ، އަޅުގަނޑު ތި ބޭފުޅުންނަށާއި ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ދަންނަވަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ފަރުވާ ދިނުމަށް ކުރާ މަސައްކަތް ފުރިހަމަވާނީ ސަރުކާރުގެ އެއްބާރުލުން ލިބިގެންނެވެ. އެކަމަކު، ބައެއް ރެގިއުލޭޝަންތަކާ ހެދި ސިއްހީ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މީހަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މިސާލަކަށް ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ ނިޒާމް. އަޅުގަނޑުމެން ނުލާހިކު ފެންވަރު ރަނގަޅު ހޮސްޕިޓަލް ހަދައިގެން ހިދުމަތް ދޭއިރު މި ތަނުގައި ބޭހުގެ ގޮތުގައި ދޭން ޖެހެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާނުގައި ހަދާ ބޭސް. އަޅުގަނޑު ދެކޭ ހިތްވަނީ ދުނިޔޭގައި ތަރައްގީވެފައި ހުރި ގައުމުތަކުން އުފައްދާ ބޭސް ވެސް ރާއްޖެއަށް އެތެރެކޮށް، ވިއްކޭނެ ނިޒާމެއް ގާއިމްވެފައި އޮތުން،" ރާއްޖޭގައި ޓޫރިޒަމް ވިޔަފާރީގައި އެންމެ ނަން މަޝްހޫރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ނަޒީރު ވިދާޅުވި އެވެ.
ކަމާބެހޭ ފަރާތްތަކުގެ ވާހަކަތަކަށް ބަލައި، ޔޫރަޕްގެ ހިސާބުތަކުން ރާއްޖެ އަށް ފެންވަރު ރަނގަޅު ބޭސް ގެނެވޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި މި ވަގުތު ވެސް 24 ގައުމަކުން 800 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އެ މުވައްޒަފުންގެ މުސާރަ އަށް މަހަކު 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ދިވެހި 400 އަދި ބިދޭސީންގެ ވެސް 400 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު، ބޭނުންވާ ބައެއް ދާއިރާތަކަށް ރަނގަޅު މުވައްޒަފުން ހޯދުމުގައި އަދި ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަޒީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް އައިއިރު 160 މުވައްޒަފުން ރެކްރޫޓްކުރިއަސް މިހާރު ތިބީ 27 މީހުންނެވެ. އެއީ އެޗްއާރާއި ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވެެސް އުނދަގޫ ކަމެއް ކަމަށާއި އެކަމަކު މުވައްޒަފުން ހަރުލެއްވުމުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.
ޓްރީޓޮޕްގެ ގިނަ މުވައްޒަފުންތަކެއް ވަކިކުރަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ޓްރީ ޓޮޕަށް އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް
ޓްރީޓޮޕްގެ ފުރަތަމަ 10 އައިވީއެފުން 6 ކާމިޔާބު
ފެންވަރު ދަށް ބޭހުން ހަފުސްވިޔަސް ކަމަކަށް ނުވޭ!
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
އައިޔޫއައިގެ ފަރުވާ ވެސް ޓްރީ ޓޮޕްގައި
ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި