01 ޖެނުއަރީ 2023
އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގަ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. އިއްޔެ އާ ހަމައަށް ޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ ހަ ޕަސެންޓް އަދި ޓީޖީއެސްޓީން 12 ޕަސެންޓެވެ.
އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގަ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. އިއްޔެ އާ ހަމައަށް ޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ ހަ ޕަސެންޓް އަދި ޓީޖީއެސްޓީން 12 ޕަސެންޓެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީގެ އާ ރޭޓުތަކަށް އަމަލު ކުރަން ފެށި އިރު ޓެކްސް އިދާރާ މީރާ އިން ވަނީ މިކަމަށް ވިޔަފާރިތަކުން ސަމާލުކަން ދިނުމަށް ވެސް އެދިފަ އެވެ.
ޓެކްސް އަށް އައި ބަދަލުތަކާ ގުޅޭ ގޮތުން މީރާގެ ވެބްސައިޓުގައި އާންމު ކުރި މައުލޫމާތުގައިވާ ގޮތުން އާ ރޭޓްތަކަށް އަމަލު ކުރުމުގައި، 24 ގަޑިއިރު ހިދުމަތް ނުދޭ ކެފޭ އާއި ރެސްޓޯރެންޓްތަކާއި ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ މިއަދުން ފެށިގެން އެތަނެއް ހުޅުވާ ވަގުތުން ފެށިގެން ކަމަށެވެ. އެނޫން ހުރިހާ ތަނަކުން ވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީގެ އާ ރޭޓުތައް ނަގަން ފަށާނީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީ އަށް 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ. މި އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 32 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ނިންމައި، އެ އަށް އަމަލު ކުރަން ފެށިއިރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ލަފާދީފަ އެވެ. އެމްއެމްއޭ އިން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އޭގެ ތެރެއިން 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެކެވެ.
ފިހާރައަކުން މީހަކު ވިޔަފާރިކުރަނީ: މުދަލާއި ހިދުމަތުން ނަގާ ޓެކްސް މިއަދުން ފެށިގެން ބަދަލުވާނެ -- ފައިލް ފޮޓޯ: މިހާރު
އެމްއެމްއޭ އިން ބުނިގޮތުގައި، ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ފައިދާ އިތުރު ކުރުމަށް ވިޔަފާރިވެރިން މިހާރަށް ވުރެ ވެސް އަގުތައް ބޮޑުކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ވެސް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
މިއަދަކީ އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާ ދުވަހަށް ވާތީ ވަރަށް ގިނަ ހޯލްސޭލް ފިހާރަތަކުގައި އިއްޔެ ކިޔޫ ހަދާފައި އޮތްތަން ވެސް ފެނުނެވެ. އޭގެ ތެރޭގައި ސިނގިރޭޓް ވިއްކާ ފިހާރަތަކާއި ބާޒާރުމަތީގެ ބައެއް ފިހާރަތައް ވެސް ހިމެނެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި އެ މީހުން ތިބީ ޖީއެސްޓީ ބޮޑުކުރާތީ، މިއަދުން ފެށިގެން މުދާ އަގުބޮޑުވާނެތީ އެވެ.
"މިސާލަކަށް ދަޅު މަސް ކޭހެއް މިހާރު ލިބޭ އަގަށް ވުރެ މާދަމާ ބޮޑުވާނެ. އެހެންވެ އަތުގައި ފައިސާ ހުރި ވަރަކަށް އެއްޗެހި ގަންނަމުން މިދަނީ،" ދަޅުމަސް ގަންނަން މިފްކޯ މަސް ފިހާރަ އަށް ގޮސް ހުރި މީހަކު ބުންޏެވެ.
ސަރުކާރުން ލަފާކުރަނީ ޖީއެސްޓީ ބޮޑުކުރިޔަސް، މުދަލުގެ އަގަށް "އެނގުން"ވާ ވަރުގެ ބަދަލެއް ނާންނާނެ ކަމަށެވެ. އެންމެ ދެ ޕަސެންޓް ނުވަތަ ސަތޭކައަކުން ދެ ރުފިޔާ ބޮޑުވުމަކީ، އެހާ ބޮޑު މައްސަލައެއް ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
ޓެކްސް ނުދައްކާ 34، ބަޔާން ހުށަނާޅާ 179 ކުންފުނި
މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި