29 ޑިސެމްބަރ 2022
ރާއްޖޭގެ ޓޭބަލް ޓެނިހުގެ ތާރީހުގައި އެންމެ ހުނަރުވެރި ކުޅުންތެރިން ނެރުނު އެއް އާއިލާ އަކީ ސުވާލެއް ނެތް ގޮތެއްގައި ހ. ސީވީޑް އާއިލާ އެވެ. ރާއްޖޭގައި ރަސްމީކޮށް ޓީޓީ ކުޅެން ފެށި ފަހުން އެ އާއިލާގެ މެމްބަރަކު ވާދަނުކުރާ މުބާރާތެއް ނުދެ އެވެ. މިހާރު ކުރިއަށްދާ ގައުމީ ޓީޓީ މުބާރާތުގައި އަދި ފެންނަނީ މާ ތަފާތު މަންޒަރެކެވެ. އެ އާއިލާގެ ތިން ޖީލުގެ ކުޅުންތެރިން އަންނަނީ ޓީމެއްގެ ގޮތުގައި ވާދަކުރަމުންނެވެ.
ރާއްޖޭގެ ޓޭބަލް ޓެނިހުގެ ތާރީހުގައި އެންމެ ހުނަރުވެރި ކުޅުންތެރިން ނެރުނު އެއް އާއިލާ އަކީ ސުވާލެއް ނެތް ގޮތެއްގައި ހ. ސީވީޑް އާއިލާ އެވެ. ރާއްޖޭގައި ރަސްމީކޮށް ޓީޓީ ކުޅެން ފެށި ފަހުން އެ އާއިލާގެ މެމްބަރަކު ވާދަނުކުރާ މުބާރާތެއް ނުދެ އެވެ. މިހާރު ކުރިއަށްދާ ގައުމީ ޓީޓީ މުބާރާތުގައި އަދި ފެންނަނީ މާ ތަފާތު މަންޒަރެކެވެ. އެ އާއިލާގެ ތިން ޖީލުގެ ކުޅުންތެރިން އަންނަނީ ޓީމެއްގެ ގޮތުގައި ވާދަކުރަމުންނެވެ.
އެ އާއިލާ އަށް ނިސްބަތްވާ އެންމެ ސީނިއާ މެންބަރަކީ، ރާއްޖޭން ވާދަކުރި ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު މުބާރާތް ކަމަށްވާ ތުރީއޭ ގޭމްސްގައި 1974 ގައި ބައިވެރިވެވަޑައިގެންނެވި ސީވީޑް އަހުމަދު ލަތީފް އެވެ. އަހުމަދު ލަތީފް ވަނީ 1979 ގައި ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދި ޓީމަށް ވެސް ކުޅުއްވައިފަ އެވެ.
ޗައިނާ އާއި ޖަރުމަނުގައި ރާއްޖޭގެ ސަފީރުގެ މަގާމް ފުރުއްވި، އަދި މިހާރު ފޮރިން ސެކްރެޓަރީގެ މަގާމް އަދާކުރައްވާ ލަތީފް ގަވާއިދުން މެޗުތައް ބައްލަވާލައްވަން ވަޑައިގަނެ އެވެ. އިހާ ޓޭބަލް ޓެނިސް އެކަޑަމީގެ ނަމުގައި ވާދަކުރާ ޓީމަށް ނިސްބަތް ކުރައްވާ ލަތީފް ވިދާޅުވީ އެއީ "ސީވީޑިއަންސް" ކަމަށެވެ.
"ގައުމީ މުބާރާތުގައި އެކި ކެޓަގަރީތަކުގައި "ސީވީޑިއަންސް" ތިން ޖީލެއްގެ ނުވަ ކުޅުންތެރިން ތަމްސީލުކުރޭ. މިއީ އަޅުގަނޑުމެންގެ ގައުމީ މުބާރާތުގެ 60 އަހަރުގެތެރޭގައި ވަރަށް ތާރީހީ ކަމެއް،" ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ވިދާޅުވި އެވެ.
އެ އާއިލާގެ ޓީމުގައި ލަތީފްގެ ދަރިފުޅު މިފްޒާލް އަހުމަދު ލަތީފް (ޒާލް) ވެސް ހިމެނެ އެވެ. ނިއޯން ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ޓީމު ކުރީގެ ކުޅުންތެރިޔާ މައިޒަރު އާދަމް ޒާހިރާ ދެކޮޅަށް ޑިސައިޑިން މެޗުގައި ކުޅެ ޒާލް ކުރި ހޯދި އެވެ.
މިހާރު އިނގިރޭސި ވިލާތުގައި ވަޒީފާ އަދާކުރާ ޒާލް ގައުމީ މުބާރާތެއްގައި ވާދަ މިކުރީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ.
"އެހާ ދިގު މުއްދަތަކަށް ފަހު ވާދަވެރި މުބާރާތެއްގެ ވާދަވެރި މެޗަކަށް ނުކުތް އިރު ވެސް ޒާލްގެ ކުޅުން ވަރަށް ރަނގަޅު ޑިސައިޑިން މެޗުން އެ މޮޅުވީ،" މިފްޒާލްގެ ބޮޑުބޭބެ އަދި އިހާ އެކަޑަމީގެ ހެޑް ކޯޗު އިބްރާހިމް ލަތީފް ބުންޏެވެ.
ޓީޓީގެ އަމްޕަޔަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ އިބްރާހިމް ލަތީފް ވެސް މުބާރާތުގައި ވާދަކުރެ އެވެ.
އިހާ އެކަޑަމީގެ ޓީމުގައި ސީވީޑްގެ އާއިލާއިން ދެން ހިމެނެނީ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފްގެ ދަރިފުޅު އަދި މިފަހަރު މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން ޒީކް ހަސަން ލަތީފް އެވެ. އޭނާގެ އަންހެން ދަރިފުޅު ޒާރާ ހަސަން ލަތީފް، އަންހެން ޑަބަލްސް ބައިގައި އައިޝަތު ރަފާ ނާޒިމްއާ އެކު ކުޅެ ވަނީ އެއް ވަނަ ޑިވިޝަން އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ރާއްޖޭގެ ފިރިހެން ރޭންކިންގެ އެއް ވަނައިގައި އޮތް އެ އާއިލާ އަށް ނިސްބަތްވާ މުހައްމަދު ޝައްފާން އިސްމާއީލް މި ޓީމުގައި ހިމެނެ އެވެ. ޖޫނިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ
އިހާ އެކަޑަމީގެ އަންހެން ޓީމު
އިބްރާހިމް ލަތީފްގެ ދެ ކުދިން ވެސް މިފަހަރުގެ މުބާރާތުގައި ވާދަކުރެ އެވެ. އެއީ ކުރިން ގައުމީ ޓީމަށް ކުޅެ ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަ ކުރި އަފްނާން އިބްރާހީމް އިތުރުން އައުން އިބްރާހީމް ލަތީފް އެވެ. ފިރިހެން 17 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ދެ ވަނަ ހޯދި ޕެއާގައި އައުން ހިމެނެ އެވެ. އެ ކެޓަގަރީގައި އޭނާގެ ޕާޓްނަރަކީ އުމެއިރު މުހައްމަދު މުއިއްޒު އެވެ.
އިހާ އެކަޑަމީން ނެރުނު ފިރިހެން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ނިސްބަތް ވަނީ ސީވީޑް އާއިލާ އަށެވެ. އަންހެން ޓީމުގައި އެހެން ކުޅުންތެރިން ތިބި ނަމަވެސް އެ ޓީމު ވެސް ލީޑުކުރަނީ އެ އާއިލާ އަށް ނިސްބަތްވާ އަފްނާން އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ ޓީމު އިވެންޓްގެ ދެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދުން،" ކޯޗު އިބްރާހީމް ލަތީފް ބުންޏެވެ.
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
ގައުމީ މުބާރާތް ކާމިޔާބުކޮށް ދީމާ އަށް ރެކޯޑެއް
ގައުމީ ފައިނަލަށް ދީމާ، ޖުމާނާ އަދި ޝައްފާން މުންސިފް
ކާމިޔާބާ ރައްޓެހި މުންސިފަށް ތަށި ގެއްލުމުން މާޔޫސްކަން
ޓީޓީގެ ގައުމީ ތަށި ދީމާ މިލްކުކޮށްފި
ޑަބަލްސް ޗެމްޕިއަންކަން ރަފާ އާއި ޒާރާ އަށް
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
ލަތީފާއި އަލިބެ އަށް ތުރުކީން ބޮޑު ކާމިޔާބެއް
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް