Roadha Mihaaru
އެއްބައިވަންތަކަމުގެ ދުވަހަށް ރައީސް ކޮޅުފުއްޓަށް

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ރައީސް ކޮޅުފުއްޓަށް

26 ޑިސެމްބަރ 2022

އެއްބައިވަންތަ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، މ. ކޮޅުފުއްޓަށް މިއަދު ވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއްބައިވަންތަ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، މ. ކޮޅުފުއްޓަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި އެ މަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮޅުފުށިން މަރުވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ވެސް ރައީސް ވަނީ ހުޅުވައިދެއްވައިފަ އެވެ.

ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ރަށްތަކުގައި ހިމެނޭ ރަށެކެވެ. މީގެ 18 އަހަރު ކުރިން އެރި ސުނާމީގައި އެ ރަށުން 14 މީހުން މަރުވެފައިވެ އެވެ.