26 ޑިސެމްބަރ 2024
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ.
މި ސުކޫތު ގެނައީ ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރި ކަމަށް ރިކޯޑްކުރެވިފައިވާ ވަގުތުގަ އެވެ. އެއީ، ހެނދުނު 9:23ގަ އެވެ.
ހަމަހިމޭންކަމުގެ މި ވަގުތު ކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވި އެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވި އެވެ.
މިއީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.
ސުނާމީ އެރި ހާދިސާ އަށް 20 އަހަރު ފުރުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީ މިއަދު ބޭއްވި ސުކޫތުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓާ މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ސަބަބުން ރާއްޖެއިން 82 މީހުން މަރުވެ، 26 މީހަކު ގެއްލުނެވެ.
ސުނާމީގައި ރާއްޖޭގައި ގިނަ ރަށްތަކަކަށް ގެއްލުންވިއިރު، ގާތްގަނޑަކަށް 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. އެކި މިންވަރުގައި 191 ރަށަކަށް ސުނާމީގެ އަސަރުކުރިއިރު، ރ. ކަނދޮޅުދޫ، ތ. ވިލުފުށި އަދި މ. މަޑިފުށި ފަދަ ރަށްތަކަށް އެއްކޮށް ފުނޑިގެންދިޔަ އެވެ.
އުމަރު ޒާހިރުގެ ޑައިރީ އަކީ ރައީސަށް ބޮޑު ފިލާވަޅެއް
ކޮވިޑުގައި ލިބުނު ބޮޑު ތަސައްލީއަކީ އެއްބައިވަންތަކަން
ވިލުފުށީގައި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާއެއް
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
ކާރިސާތަކުގެ ގެއްލުމުން ރައްކާތެރިވުމަށް ސްޓްރެޓަޖީއެއް
މަގާމުތަކަށް މީހުންލަނީ ވައްކަން ކުރާކަށް ނޫން: ރައީސް
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
މިނިސްޓްރީތައް ހިންގާނީ ތަނެއް ކުއްޔަށް ނުނަގާ: ރައީސް
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި