26 ޑިސެމްބަރ 2019
މީގެ 15 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި އެންމެ ބޮޑު ގެއްލުމެއްވި އެއް ރަށް ކަމަށް ވާ ތ. ވިލުފުށީގައި ހެދި އެއްބައިވަންތަކަމުގެ ބިނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
މީގެ 15 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި އެންމެ ބޮޑު ގެއްލުމެއްވި އެއް ރަށް ކަމަށް ވާ ތ. ވިލުފުށީގައި ހެދި އެއްބައިވަންތަކަމުގެ ބިނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
އެއް އަތް، އަނެއް އަތުގެ ތެރެއަށް ލައި ގުޅިފައިވާ ގޮތަށް ފެންނަ ބިނާ ހެދީ ވިލުފުށީ ރައްޔިތުންނެވެ. އެ ބިނާ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ވެސް ރީތިކޮށް، ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ރަށުން ވާހަކަ ދެއްކެވި ކުރީގެ ކައުންސިލަރަކު ވިދާޅުވި އެވެ.
"އެއް އަތް އަނެއް އަތާ ގުޅުވައި ބޭނުންވީ އެއްބައިވަންތަކަން ރަމްޒުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
ވިލުފުއްޓަށް ރައީސް ވަޑައިގެން ކުޑަ ކުއްޖަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
ސުނާމީގައި މަރުވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ހެދި ސުނާމީ ބިނާ އެތަނުން އެހެން ތަނަކަށް ބަދަލުކުރަން ކުރީގެ ސަރުކާރުގައި އުޅުމުން، އެ ބިނާ ވިލުފުއްޓަށް ބަދަލުކޮށްދޭން އެ ރަށުގެ ކައުންސިލުން އެދުނެވެ. އެކަމަށް އެއްބަސްނުވެ، އެ ބިނާ ބަދަލުކުރީ ތިން ރުއް ޕާކު ސަރަހައްދަށެވެ.
ސުނާމީގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ރާޅު އަރައި ދޮވެލިއިރު އެންމެ ގިނަ ބަޔަކު މަރުވީ ވެސް ވިލުފުށިންނެވެ. އެ ރަށުން އެކަނި ވެސް 21 މީހަކު މަރުވެފައިވެ އެވެ.
އުމަރު ޒާހިރުގެ ޑައިރީ އަކީ ރައީސަށް ބޮޑު ފިލާވަޅެއް
ކޮވިޑުގައި ލިބުނު ބޮޑު ތަސައްލީއަކީ އެއްބައިވަންތަކަން
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
ކޮންމެ ދުވަހެއް ހޭދަކުރީ އެއްބައިވަންތަކަމަށް: ރައީސް
އެއްބައިވަންތަކަމުގެ ދުވަހަށް ރައީސް ކޮޅުފުއްޓަށް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 98 ބޭފުޅަކަށް
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި