26 ޑިސެމްބަރ 2022
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާތަނަށް ކޮންމެ ދުވަހެއް ވެސް ހޭދަކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ކޮޅުފުށީގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާތަނަށް ކޮންމެ ދުވަހެއް ވެސް ހޭދަކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ކޮޅުފުށީގައި މިއަދު ވިދާޅުވެއްޖެ އެވެ.
ސުނާމީ އެރި ދުވަހާ ގުޅުވައިގެން ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނުކުންނެވިއިރު އެ މަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ހަމަޖެހުމާއި ސުލްހައާއި އެއްބައިވަންތަކަން ގެއްލި، ބައިބައިވެފައި އޮތް އޮތުން ކަމަށެވެ.
ސިޔާސީ ބޭނުންތަކަށްޓަކައި ވަކި ބަޔަކު ދިޔައީ ގަސްދުގައި ހަމަޖެހުން ނަގައިލަމުން ކަމަށާއި އެ ސަބަބުތަކާ ހެދި، އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ވިސްނިވަޑައިގަތީ، ރައީސް ވިދާޅުވި ގޮތުގައި މުޖުތަމައުގައި ސުލްހަވެރިކަން ގާއިމްކުރުމެވެ. އަދި ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް އިސްކަންދެއްވި ކަންތައްތައް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް މި މަގާމުގައި މިހާތަނަށް މި ހޭދަކުރި 1501 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރި ދުވަހެއް." ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކާއި އެއްބައިވަންތަކަމަށް ބޭނުންވާ އަދި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ ދުވަހެއް ކަމަށް ވެސް ވިދާޅުވި އެވެ.
— The President's Office (@presidencymv) December 26, 2022
އެ މަނިކުފާނު ވިދާޅުވީ ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ފެށީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށްދިނުމަށް ކަމަށެވެ. ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް ބަނދަރުތަކާއި އަތޮޅުތަކުގައި ދަތުރުފަތުރުގެ ހިދުމަތް ފުރިހަމަކުރަމުން އަންނަނީ ވެސް މުޅި ރާއްޖޭގައި އެ ހިދުމަތް ދިނުމަށްކަން ފާހަގަކުރެއްވި އެވެ.
"އެއްބައިވަންތަކުރެވޭނީ ހިދުމަތް ދިނުމުގައި، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަކަން ގާއިމުކޮށްގެން. އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވަކި ރަށެއް ތަފާތުނުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުތަކުގެ އިތުރުން، ކޮޅުފުށީ ކުރީގެ ހާލަތަށް އަނބުރާ ގެންދިއުމަށް ސަރުކާރުން ކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލުތައް ރައީސް ހިއްސާކޮށްދެއްވި އެވެ.
- ބޯފެނުގެ ނިޒާމުގެ ގާއިމްކުރުން
- އިންޖީނުގޭގެ މަސައްކަތް ކުރިއަށް
- ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުން
- ސްކޫލު ހޯލު ނިންމުން
- ބޯހިޔާވަހިކަމުގެ މައްސަލައަށް 100 ހައުސިން ޔުނިޓު ހެދުން
މީގެ 18 އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގައި 82 މީހުން މަރުވި އެވެ. އޭގެ ތެރެއިން ކޮޅުފުށިން އެކަނި ވެސް 16 މީހުން މަރުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސުނާމީ އެދި ދުވަހު ސާބިތުކޮށްދިނީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން، ކިތަންމެ ބޮޑު ގޮންޖެހުމެއް ވެސް ހުރަސް ކުރެވިދާނެކަން ކަމަށެވެ.
އެ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމުގެ އެންމެ ވަރުގަދަ ވަސީލަތަކަށްވީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މީހުން ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވެގެންދިޔަ. އަދި ވަރަށް ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނު. އެހެން ނަމަވެސް، އެ ހިތާމަތައް ތަހައްމަލުކުރުމާއި އެ ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި ގެއްލުން ލިބުނު ރަށަކާއި ގެއްލުން ނުލިބޭ ރަށަކާ ދެމެދު ތަފާތެއް ނެތް. ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް ވީވަރަކުން އެ ބައެއްގެ ކެރިފޯރުންތެރިކަން ހުރިވަރަކުން، އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ." ރައީސް ވިދާޅުވި އެވެ.
ސުނާމީގައި ހާލުގައި ޖެހުނު އެހެން ގައުމުތަކުގައި ހަމަނުޖެހުންތައް ހިނގި އެވެ. ރާއްޖޭގައި އެފަދަ ކަމެއް ނުހިނގީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެއްބައިވަންތަކަމުގެ ދުވަހަށް ރައީސް ކޮޅުފުއްޓަށް
އުމަރު ޒާހިރުގެ ޑައިރީ އަކީ ރައީސަށް ބޮޑު ފިލާވަޅެއް
ކޮވިޑުގައި ލިބުނު ބޮޑު ތަސައްލީއަކީ އެއްބައިވަންތަކަން
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
ވިލުފުށީގައި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާއެއް
ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ދެނީ
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 98 ބޭފުޅަކަށް
ހިޔާ ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްފި
ވިނަގަނޑަށް ބެލުމެއް ނެތި ޖަލްސާ ބާއްވަނީ
ކަނޑުތޮށި ލުމަށްފަހު ބެހެއްޓި ބިނާއިން ހާއްސަ މެސެޖެއް