Roadha Mihaaru
މަޝްރޫއުތައް މިހާރު ހަގީގަތަކަށް އެބަވޭ

"ބައްޕަ ގެންނަ ހަދިޔާ އަށް ކުރާ އިންތިޒާރު ރިޔާސީ ކެންޑިޑޭޓްގެ ޕްރޮޖެކްޓަށް ކުރޭ"

15 ޖުލައި 2023

މާލެއިން ބައްޕަ ގެންނަ ހަދިޔާ އަށް އިންތިޒާރުކުރާ ގޮތަށް، ރިޔާސީ ކެންޑިޑޭޓް ގެންނަ ޕްރޮޖެކްޓުތަކަށް މިހާރު މަޑުކުރާ ކަމަށް، މ. ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލްއަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެއިން ބައްޕަ ގެންނަ ހަދިޔާ އަށް އިންތިޒާރުކުރާ ގޮތަށް، ރިޔާސީ ކެންޑިޑޭޓް ގެންނަ ޕްރޮޖެކްޓުތަކަށް މިހާރު މަޑުކުރާ ކަމަށް، މ. ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލްއަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ކޮޅުފުއްޓަށް ވަޑައިގަތުމުން ބޭއްވި ބައްދަލުވުމުގައި، އަލީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓަކު ރަށަކަށް ވަޑައިގަންނަވާއިރު ބައްޕަ މާލެއިން އަންނައިރު ގެންނަ ހަދިޔާ އަށް ދަރިން އިންތިޒާރު ކުރާ ގޮތަށް، އެ ކެންޑިޑޭޓަކު ގެންނަވާ މަޝްރޫއުތަކަށް ރައްޔިތުން އިންތިޒާރު ކުރާ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމައަށް އެކަން ވެފައިވަނީ ދައްކާލެވޭ ދަޅައަކާއި އަޅާ އަނދުނަކަށް ކަމަށެވެ. އެ ހުރިހާ ކަމެއް ރައީސް ބަދަލުކުރައްވާފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ ތަރައްގީގެ އެކި މަޝްރޫއުތަކަށް މި ރަށަށް އެކަނި ވެސް 300 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ ރިކޯޑެއް ކަމަށާއި ރިޔާސީ ދައުރެއްގައި މިހާތަނަށް އެއް ފަހަރާ އެހާ ގިނަ ޕްރޮޖެކްޓް ހިންގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެހާސް އަށާރަ ވަނަ އަހަރުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން ހަތް މަޝްރޫއެއް ހިންގަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ވައުދުވެވަޑައިގެންނެވި. ކޮވިޑު ނަވާރައިގެ ސަބަބުން ކުރިމަތިވި ދަތިކަމުގައި ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރަން ޖެހުމާއެކު ވެސް އޭގެ ތެރެއިން ތިން މަޝްރޫއެއް ނިންމައި، ހަތަރު މަޝްރޫއެއް މިހާރު ދަނީ ކުރިއަށް. ހަމައެއާއެކު، ވައުދެއްގެ ގޮތުގައި ނުހިމެނޭ އިތުރު ހަ މަޝްރޫއެއް މި ރަށުގައި ކުރިއަށް ގެންދެވިފައިވޭ." އަލީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ މަނިކުފާނުގެ ކެމްޕެއިން ޓީމް ކޮޅުފުއްޓަށް ވަޑައިގެން، ފެނުގެ ނިޒާމް ފައްޓަވައިދެއްވަނީ.-- ފޮޓޯ: އެމްޑީޕީ ކެމްޕެއިން ޓީމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ މަނިކުފާނުގެ ކެމްޕެއިން ޓީމް ކޮޅުފުއްޓަށް ވަޑައިގެން، ފެނުގެ ނިޒާމް ފައްޓަވައިދެއްވަނީ.-- ފޮޓޯ: އެމްޑީޕީ ކެމްޕެއިން ޓީމް

"މި ފަސް އަހަރުގެ ތެރޭގައި 13 މަޝްރޫއެއް ކުރިއަށް ގެންދެވިފައިވޭ."

އަލީމް ވިދާޅުވީ ތަރައްގީގެ އެކި މަޝްރޫއުތަކަށް މި ރަށަށް އެކަނި ވެސް 300 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ ރިކޯޑެއް ކަމަށާއި ރިޔާސީ ދައުރެއްގައި މިހާތަނަށް އެއް ފަހަރާ އެހާ ގިނަ ޕްރޮޖެކްޓް ހިންގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކެމްޕެއިނަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު އިސްކަންދެއްވީ 2،000 އިން މަތީގެ އަބާދީތަކަށް ކަމަށް ވިދާޅުވުމުން ރައްޔިތުން މާޔޫސްވި ކަމަށެވެ. މި ރަށް ހިމެނެނީ އަޅާނުލާ ދޫކޮށްލާ ކެޓަގަރީ ކަމަށް ވީތީ އެތައް އަހަރެއް ވަންދެން ރައްޔިތުން އެދުނު ހައުސިން ޔުނިޓުގެ އުއްމީދު ފަނޑުވެގެން ދިޔަ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އުއްމީދު އާލާވެގެން ގޮސް، އާބާދީ ކުޑަވުމަކީ އިހުމާލުވާންޖެހޭ ކަމެއް ނޫންކަން އަމަލުން ދައްކަވާފައިވާ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ގޮވާލަނީ ތަރައްގީ އާއި ތަހުޒީބަށް ވާސިލްވުމަށް ކުރާ ދަތުރުގައި ކާމިޔާބުކުރަން ބޭނުން ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދެއްވާށޭ." އޭނާ ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ މި ވެރިކަމުގައި ކައުންސިލްތަކަށް ލިބުނު އެންމެ ބޮޑު އެއް ހަދިޔާއަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުން ކަމަށާއި އެކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކަށް ބާރު ލިބި، އާމްދަނީ އެ ތަނަކަށް ވަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.