15 ޖުލައި 2023
އުފަން ރަށް ކައިރިން ވަޒީފާ ލިބޭ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވިދާޅުވެ، މ. ކޮޅުފުށި ކައިރީގައި ރިސޯޓެއް ތަރައްގީކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
އުފަން ރަށް ކައިރިން ވަޒީފާ ލިބޭ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވިދާޅުވެ، މ. ކޮޅުފުށި ކައިރީގައި ރިސޯޓެއް ތަރައްގީކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް، މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ކޮޅުފުއްޓަށެވެ. އެ ރަށަށް ވަޑައިގެން، ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަދި ސްކޫލު މަލްޓިޕާޕަސް ހޯލު ހުޅުއްވައިދެއްވި އެވެ.
އެއަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާބާދީ ކުޑަވިޔަސް އެ މީހަކު ދިރިއުޅޭ ރަށަކަށް ތަރައްގީ ގެންނަން ޖެހޭ ކަމަށެވެ. ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ބޮޑު ގެއްލުންވި އެއް ރަށަށް ވާއިރު، މި ރަށަށް ގިނަ މަސައްކަތްތަކެއް ކޮށްދޭން ޖެހޭ އެ މަނިކުފާނު ވިދާޅުވި އެވެ.
ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް އެރި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އަދި ވެސް ނުނިމޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސުނާމީގައި ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ކޮޅުފުށީގެ ރައްޔިތުން ބޭނުންވީ މި ރަށުގައި ދިރިއުޅެން ކަމަށެވެ. އެކަން ހާސިލްކޮށްދިނުމަށް، އާބާދީގައި 1،470 މީހުން ހިމެނޭ، މި ރަށުގައި 300 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދިޔ ކަމަށް ކޮޅުފުށީ ކައުންސިލުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ކޮޅުފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ސަފު ހަދާލާފައި..-- ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ތަރައްގީގެ މަޝްރޫއުތައް ގެންދެވުނީ އޭގެ ފަހަތުގައި ގިނަ ކަންކަން ވާތީ ކަމަށާއި އެއީ ރާއްޖޭގައި އަމާންކަމާއި ސުލްހަ ގާއިމްވެފައި ވާތީ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ފުލުހުންގެ މުއައްސަސާ ކުރިން ހިނގަމުން އައި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"...2013-2018 އަށް ރާއްޖޭގެ އިދާރާތަކަށް ސިޔާސީ ނުފޫޒު ފޯރާފައި އޮތް މިންވަރު އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެނގޭ. އެކަން ހަނދާނަށް ވެސް ގެންނަން ޖެހޭ. ހަމައެކަނި ފުލުހުންގެ މުއައްސަސާ އަށް ބެއްލެވިޔަސް ޕޮލިސް ކޮމިޝަނަރު ވެސް ފަސް ޕޮލިސް ކޮމިޝަނަރު ބަދަލުވި. އަހަރަކަށް މީހަކު، އަހަރަކަށް މީހަކު. ތަނެއް ހިނގާނީ ކިހިނެއްތޯ؟" ރައީސް ވިދާޅުވި އެވެ.
ސިޔާސީ ބޭނުމަކަށް ވަކި މީހަކަށް ކަމެއް ކުރަން ބުނެ، އެކަން ނުކުރުމުން ވަޒީފާއިން ވަކިކުރަނީ ކަމަށާއި އެއަށްފަހު އަނެއްކާ ވެސް ދެން ހުރި އޮފިސަރަކު ކޮމިޝަނަރަށް އައްޔަންކުރަނީ ކަމަށް ވެސް ވިދާޅުވި އެވެ. ހަތް ދުވަހުގެ ތެރޭގައި ވެސް ޕޮލިސް ކޮމިޝަނަރު ބަދަލުވެފައި ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާއަކީ ތައުލީމާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ވިޔަސް އެ ބަދަލުތައް ގެންނަން އެ މީހުންނަށް ފުރުސަތު ނުލިބުމުން، ވެރިކަމަށް ވަޑައިގެން ފުލުހުންގެ މުއައްސަސާ އަމިއްލަ ޒާތުގައި ހިންގުމަށް ފުރުސަތު ދިން ކަމަށާއި އެ ބަދަލު މިހާރު ވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާތަނަށް 148 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ކުރިއަށްދާ ކަމަށާއި 158 ރަށުގައި އިންޖީނުގެ ޖަނަރޭޓަރު ބަދަލުކޮށް ނިމި، ބިން ހިއްކުމުގެ 21 މަޝްރޫއެއް ހިންގައި، އެތަނުން އަށް މަޝްރޫއު ނިމި، 13 މަޝްރޫއު ހިނގަމުން އަންނަ ކަމަށް ވެސް ވިދަޅުވި އެވެ. ގެދޮރުވެރިކަމުގެ ލޯނުގެ ގޮތުގައި ވެސް 104 މިލިއަން ރުފިޔާ ދޫކުރެވިއްޖެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޮޅުފުއްޓަށް ވަޑައިގެން ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން އަމާންވެއްޓެއްގައި ތަރައްގީގެ މުޖުތަމައެއްގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރިއަށްގެންދަނީ އެ މަސައްކަތް." ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދައުރުގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ އެއީ. އުފާވެރި، އަމާން މުޖުތަމައުއެއް ރާއްޖޭގައި ބިނާކުރުން، ރައްޔިތުންނަށް ހޯދައިދިނުން."
ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ ކަމަށާއި ކުރިއަށް އޮތް ދައުރުގައި ރައްޔިތުން އެދޭ ގޮތަށް މުޅި ރަށް ހިމާޔަތްކޮށްދޭނެ ކަމަށެވެ.
މި ރަށުގައި 100 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދައުރު ތެރޭގައި 50 ހައުސިން ޔުނިޓު އިތުރުކޮށް، ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފެނާއި ނަރުދަމާ ނިމިފައިވާއިރު، މަގުތައް ހެދުން ކުރިއަށް އޮތް ދައުރުގައި މަގު ހަދައިދޭ ރަށްތަކުގެ ލިސްޓަށް ކޮޅުފުށި އިތުރު ކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކުރިން މަސްވެރި ކަމުގައި ތިޔާގިވިޔަސް، ސުނާމީއަށްފަހު އެކަން ބަދަލުވުމުން ކައިރި ހިސާބަކުން ވަޒީފާ ލިބޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓު ތަރައްގީކުރަން ކުރީގެ ސަރުކާރުން މިތަނާ ކައިރިން އެއް ރަށުގެ ގޮތުގައި ތިން ރަށް ދީފައިވާ ކަމަށާއި އެކަމަކު، މިހާތަނަށް އައި އިރުވެސް އެއްވެސް ކަމެއް ނުވާ ކަމަށެވެ.
"މިހެން ގޮސް، އެތައް އެތައް ޖަރީމާއެއް ހިންގާފައި އެބަހުރި. އިރާދަކުރެއްވިއްޔާ މި ރަށު ރައްޔިތުން އެދޭ ގޮތަށް ރަށް ކައިރިން ރިސޯޓު ތަރައްގީކޮށްދިނުމުގެ މަޝްރޫއު ހިންގައިދޭނަން." އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮޅުފުއްޓާއި މި ދާއިރާއިން އުފާވެރި އަމާން ރާއްޖެއަކަށް ހެދުމަށް ފުރިހަމަ ހަދައިދިނުމަށް ތާއިދުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ފިލްމީ ތަރިންނާއި ފަންނާނުންގެ ތާއީދު ރައީސަށް