އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެނަމަ، މ. މުލީގައި އެއާޕޯޓެއް އެޅުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.
17 ސެޕްޓެމްބަރ 2018
އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެނަމަ، މ. މުލީގައި އެއާޕޯޓެއް އެޅުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅުގެ ބައެއް ރަށްތަކަށް އިބޫ ކުރައްވާ ކެމްޕެއިން ދަތުރުގައި އޭނާ ވަނީ މ. ކޮޅުފުއްޓާއި މ. މުލަކާއި މ. ދިއްގަރަށް ވަޑައިގެންފަ އެވެ. އެއާޕޯޓެއް އެޅުމުގެ ވައުދު އިބޫ ވެވަޑައިގެންނެވީ މ. މުލަކުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވަ އެވެ. އަދި އެއާޕޯޓް އަޅާނީ މުލީގައި ކަން ހާމަކުރެއްވީ ދިއްގަރުގައި ބޭއްވި ޖަލްސާގަ އެވެ.
އިބޫ މިއަދު މ. މުލަކަށް ވަޑައިގަތުމުން އިބޫގެ ކަރުގައި މާފައްޗެއް އަޅުވަނީ. -- ފޮޓޯ: އެމްޑީޕީ
މ. އަތޮޅަކީ އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ. ނަމަވެސް އެ އަތޮޅުގެ ބައެއް ރިސޯޓުތަކަށް ޓޫރިސްޓުން ގެންނަން ބޭނުން ކުރަނީ އެއާ ޓެކްސީ އެވެ.
އިބޫ ވަނީ މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.
އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ މިވަގުތަށް އެންމެ މުހިންމީ ކޮން ކަމެއްތޯ ބަލައި، އިސްކަންދޭ ތަރުތީބެއް ކަނޑައަޅައިގެންނެވެ.
"އެނގިވަޑައިގަންނަވާނެ ހުރިހާ ކަމަކީ އެއް ފަހަރާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް ނޫން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އިބޫ މިއަދު މ. އަތޮޅުގައި. ގިނަ އަދަދެއްގެ ބަޔަކު އެ ރަށްތަކުން މަރުހަބާ ދެންނެވި. - ފޮޓޯ: އެމްޑީޕީ
މ. އަތޮޅުގެ ރަށްތަކަށް އިދިކޮޅު ވެރިކަމެއްގައި ގެންނާނެ ތަރައްގީގެ ވާހަކަ އިބޫ ހާމަކުރެއްވި އެވެ. އެގޮތުން އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމާއި ބިން ހިއްކުމާއި ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގޯތި ދޫކުރުމާއި މަގުތައް ހެދުމަށް ވެސް އެކި ރަށްރަށުގައި އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
މ. އަތޮޅުން އިބޫ ވަޑައިގެންނެވި ތިން ރަށުން ވެސް ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އެންމެ ހޫނު މަރުހަބާއެއް ކިޔާފައި ވަނީ ދިއްގަރުންނެވެ. ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލާފައިވާ، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ އަނބިކަނބަލުން ވެސް އިބޫ އަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ހުންނެވި އެވެ.
އިބޫ ދަތުރު ކުރައްވަމުން ގެންދެވި އެއާ ޓެކްސީ ދިއްގަރާ ކައިރިވުމާއެކު، ގައުމީ ދިދަ އާއި ސިޔާސީ ޕާޓީތަކުގެ ކުލަތަކުގެ ފޮތިތައް ދަމާފައި ހުރި ދޯންޏެއްގައި ދިޔައީ ލަނގިރި ޖަހަމުންނެވެ. އަދި އެއާ ޓެކްސީން އިބޫ ފައިބައިވަޑައިގެން، އެ ދޯންޏަށް ވަޑައިގެން، އެމީހުންނާއެކީ އެ ހަރަކާތުގައި ބައިވެރިވަޑައިގެންނެވި އެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ އުފަން ރަށް ކޮޅުފުއްޓަށް ވެސް އިބޫ ވަޑައިގެންނެވި އެވެ. ކޮޅުފުށީގައި އިބޫ ވަނީ އިމްރާނާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައި، އިމްރާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އިބޫ ވިދާޅުވި ގޮތުގައި އިމްރާނަކީ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި އިމްރާނަކީ ކޯލިޝަން ދެމެހެއްޓުމުގައި އެންމެ ބޮޑު އެއް ތަނބު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ދިއްގަރުގައި ފާރިސް މައުމޫނާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ، ފާރިސް ވެވަޑައިގަންނަވަނީ ބޮޑު ގުރުބާނީއެއް ކަމަށާއި ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި އިދިކޮޅު ވެރިކަމެއްގައި ފާރިސް އާއި އިމްރާން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އިބޫ އަށް މުލަކުން ހަދިޔާކުރީ އެންމެ ބޮޑު މާބޮނޑި
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ރައީސް އިދިކޮޅަށް: ވާދަވެރި ކެމްޕޭނަކަށް ނުކުމޭ!
"ތަރައްގީގައި ރާއްޖެ މިއޮތީ 100 އަހަރު ފަހަތުގައި"
ފަރެސްމާތޮޑާ އެއާޕޯޓު ނިންމައިދޭން އިބޫ ވައުދުވެއްޖެ
"ހިތްވަރު ކުރައްވާ، ކަންތައްތައް ދަނީ ބަދަލުވަމުން"
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ކުރިމަތިން ފެންނަނީ ނާމާން، ބަނަ ދުވަސްތަކެއް: އިބޫ
ފާޑުކިޔުން ކުށަކަށް ހެދުމަކީ ކަންބޮޑުވާކަމެއް: އިބޫ
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ