ޑޮކްޓަރަށް ދެއްކުމަށާއި އެކި ހިދުމަތްތައް ހޯދުމަށް ހޮސްޕިޓަލަށް ނުގޮސް ޓޯކަން ނަމްބަރު ނެގޭނެ ގޮތެއް އޭޑީކޭ ހޮސްޕިޓަލުން ތައާރަފް ކޮށްފި އެވެ.
13 ޖެނުއަރީ 2017
ޑޮކްޓަރަށް ދެއްކުމަށާއި އެކި ހިދުމަތްތައް ހޯދުމަށް ހޮސްޕިޓަލަށް ނުގޮސް ޓޯކަން ނަމްބަރު ނެގޭނެ ގޮތެއް އޭޑީކޭ ހޮސްޕިޓަލުން ތައާރަފް ކޮށްފި އެވެ.
މޯބައިލް ފޯނު އެޕްލިކޭޝަނެއް ކަމަށްވާ "ކިއުބީ" ބޭނުންކޮށްގެން، ޑޮކްޓަރަށް ދެއްކުމާއި ސްކޭން ކުރުމާއި ލެބޯޓަރީ ޓެސްޓުތައް ހެދުން ފަދަ ކަންކަމަށް މެމޯ ހައްދަން މިހާރު ޓޯކަން ނަމްބަރު ނެގެ އެވެ.
ޑޮކްޓަރަށް ދައްކަން ނުވަތަ ޓެސްޓު ހެދުމަށް ނަމްބަރު ނެގުމުން، އެ ހިދުމަތް ހޯދުމަށް ތިބި މީހުންގެ އަދަދާއި އެ ވަގުތު ހިދުމަތް ދެމުން އަންނަ ނަމްބަރު އެނގެ އެވެ. އަދި އެ މީހަކު ނެގި ނަމްބަރަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކުރާ ވަގުތާއި ނަމްބަރު ކައިރިވުމުން ފޯނަށް އެލާޓް އަންނާނެ އެވެ.
"ކިއުބީ" އެޕްލިކޭޝަނުން މި ކިއުއާރް ކޯޑު ސްކޭންކޮށްލުމުން އޭޑީކޭގެ ޓޯކަން ނަންބަރު ފޯނުން ލިބޭނެ
ކުރިން މިގޮތަށް ކިޔޫ ނަމްބަރު ހޯދުމަށް ކޮންމެ ފަހަރަކު ވެސް ޖެހެނީ އެސްއެމްއެސްއެއް ކުރާށެވެ.
އަލަށް ތައާރަފްކުރި ހިދުމަތް ހޯދުމަށް queuebee އެޕްލިކޭޝަން ފޯނަށް އެޅުމަށް ފަހު އޭޑީކޭގެ ކިއުއާރް ކޯޑް އެ އެޕްލިކޭޝަނުން ސްކޭންކޮށްލުމުން އޭޑީގެ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ޓޯކަން ނަންބަރު ނެގޭނެ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ގޮސް ގިނަ އިރުތަކެއް ވާންދެން ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭ ކަމަށާއި މި ހިދުމަތުގެ ސަބަބުން ވަގުތު ސަލާމަތް ވާނެ ކަމަށެވެ.
އަދި ކުރިމަގުގައި އޮންލައިންކޮށް މެމޯ ހައްދައި އެއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ މިއީ އަލަށް ފެށި ހިދުމަތަކަށް ވުމުން އެޕްލިކޭޝަން ބޭނުން ކުރާއިރު ދަތިތަކެއް ދިމާވެދާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.
ކިއުބީ ބޭނުންކޮށްގެން ބައެއް އޮފީސްތަކުގައި މިހާރުވެސް ނަންބަރު ދޫކުރެ އެވެ.
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭއަށް ގެންދިޔައިރު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް
ގަވައިދާ ހިލާފުވުމުން އޭޑީކޭގެ ކެންޓީން ބަންދުކޮށްފި
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އެންޓިބޮޑީ ޓެސްޓު މުހިންމީ މި ހާލަތަށް ފަހު: އަފްއާލް