08 ޑިސެމްބަރ 2022
ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
އަމީރުގެ މައްސަލަ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަސްއަދު ޝަރީފާއި ވަކީލް އިބްރާހިމް ރަމީޒެވެ.
އަސްއަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދު ކޮށްފައިވާކަން ހާމަވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން މަޖިލީހުގައި އެދުނުއިރު، އެ ހަރަދުތައްކޮށް ނިންމާފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އަސްއަދު ވިދާޅުވި އެވެ.
"ހަރަދުކޮށް ނިންމާފައި ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ހުށަހަޅާފައި އޮތީ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. މިނިސްޓަރު އަމީރު ގާނޫނުއަސާސީއާ ހިލާފުވި ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުގައި އެދިފައި އޮންނާނީ،" އަސްއަދު ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ އެއްކޮށެވެ. އެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އިންކުއަރީއެއް ހަދަން ވެސް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާ ނަމަ އެއް މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް އެ ބަޖެޓް ފާސްކުރަން ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ އަންނަ އަހަރުގެ ބަޖެޓާއި އަދި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ވެސް ފާސްކޮށްފަ އެވެ.
ބިން ވިއްކައިގެން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބޭ
ސަޕްލިމެންޓްރީ ބަޖެޓް ލަސްވުން، ހަރަދުތަކަށް ދަތިތަކެއް
ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް އަމީރަށް ލަފާދީފި
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
އޯވަޑްރޯ ނުކުރާ ނަމަ ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
އާސަންދައިން އިސްރާފުކުރަން ދުލެއް ނުކުރެވޭނެ: އަމީރު
މައްސަލަތަކަށް ހައްލު ހޯދަން ބަޖެޓް މާކުޑަ: އަމީރު
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
މުދަލުގެ އަގު އެރިޔަނުދީ ހިފެހެއްޓޭނެ: އަމީރު