Roadha Mihaaru
އާސަންދައިން އިސްރާފުކުރަން ދުލެއް ނުކުރެވޭނެ: އަމީރު

އާާސަންދައިން އިސްރާފުކުރަން ދުލެއް ނުކުރެވޭނެ: އަމީރު

14 ނޮވެމްބަރ 2021

ދައުލަތުން އާސަންދައަށް ހަރަދުކުރާ ފައިސާ އިސްރާފުވާ ގޮތަށް އެ ސްކީމް ހިންގުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އެގޮތަށް އިސްރާފުވާން ދުލެއް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުން އާސަންދައަށް ހަރަދުކުރާ ފައިސާ އިސްރާފުވާ ގޮތަށް އެ ސްކީމް ހިންގުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އެގޮތަށް އިސްރާފުވާން ދުލެއް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އާސަންދައިގެ ބަޖެޓް އަންނަ އަހަރު ކުޑަކުރަން ސަރުކާރުން ނިންމީ އިސްރާފު ކުޑަކުރަން ކަމަށެވެ. އާސަންދައިގެ ބަޖެޓް ކުޑަކުރީ ހިދުމަތްތައް މަދުކުރަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން އަދި އެގޮތަށް އެެކަަން ކުރެވުނަސް، އަޅުގަަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ރައްޔިތުންގެ އަތުން ލިބޭ ޓެކްސް އަދި ނޮން ޓެކްސްގެ [ގޮތުގައި] ލިބޭ ފައިސާ، އާސަންދަ ކިޔާ މެކޭނިޒަމެއްގެ ތެރެއިން ލީކޭޖްގެ ގޮތުގައި، އިސްރާފަށް މަގުފަހިވެފައި އޮތުމަކީ ޒިންމާދާރުކަމާ އެކީ ކުރެވޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ މުޅި މި ސަރަހައްދުގައި ވެސް އެންމެ އަގުބޮޑުކޮށް ބޭސްވިއްކާ އެއް ގައުމުކަން، ދާދި ފަހުން ވޯލްޑް ބޭންކުން ކުރި ސާވޭއަކުން އެނގިފައިވާ ކަަމަށެވެ. އެ ސާވޭއާ ހަވާލާ ދެއްވައި އޭނާ ވިދޅުވީ ރާއްޖޭގައި ބޭސް ވިއްކާ އަގު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ 75.9 ގުނަަ ބޮޑު ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައިވާ ގޮތުން، ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކޮށްގެން، އާސަންދައިގެ ބަޖެޓުން 730 މިލިއަނަށް ވަނީ ކުޑަކޮށްފަ އެވެ. މީގެ ކުރިން ކޮންމެ އަހަރަކު ވެސް އާސަންދައަށް ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ.

ބޭހުގެ އަގު ކޮންޓްރޯލްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 357 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށް ފަހު އަންނަ އަހަރުގެ މެދުތެރޭގައި އެސެންޝަލް މެޑިސިން ލިސްޓުގައި ނުހިމެނޭ ހުރިހާ ބޭހަކަށް އެމްއާރުޕީ ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.