Roadha Mihaaru
މައްސަލަތަކަށް ހައްލު ހޯދަން ބަޖެޓް މާކުޑަ: އަމީރު

މައްސަލަތަކަށް ހައްލު ހޯދަން މި ބަޖެޓް މާކުޑަ: އަމީރު

10 ނޮވެމްބަރ 2021

ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކަަކަށް އެއް ފަހަރާ ހައްލު ހޯދަން މަސައްކަތް ކުރާ ނަމަ އަންނަ އަހަރަށް ލަފާކުރާ ގާތްގަނޑަކަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓް މާ ކުޑަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކަަކަށް އެއް ފަހަރާ ހައްލު ހޯދަން މަސައްކަތް ކުރާ ނަމަ އަންނަ އަހަރަށް ލަފާކުރާ ގާތްގަނޑަކަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓް މާ ކުޑަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.

ބަޖެޓް ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ އުފެއްދުންތެރިކަމާއި އިގުތިސާދީ ހާލަތު ހުރި ގޮތުން، ހުށަހެޅެން އޮތް އެންމެ ބޮޑު ބަޖެޓް ކަމަށެވެ. އެއީ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދޭނެ ބަޖެޓެެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި އާ ކޯޓްތަކެއް އަޅަން ޖެހިފަައި މިއޮތީ. ކޯޓްތައް އެހާ ކުދި، ކޯޓްތައް ބޮލަށް ވެއްޓެނީ. ތައުލީމީ ދާއިރާއަށް އަަޅުގަނޑުމެން ބަލައިލާއިރު، ގިނަ ރަށްތަކުގައި ސްކޫލްތައް ހަމައެއް ނުވޭ. ސްކޫލްތަކުގެ ކްލާސްތައް ހަމައެއް ނުވޭ، މަލްޓިޕާޕާސް ހޯލް އެބަ އަޅަން ޖެހޭ. އަޅުގަނޑުމެން ސިއްހީ ދާއިރާއަށް ބަލައިލާ އިރު ރާއްޖޭގެ ސިއްހީ މަރުކަޒުތައްް ]ހުރީ[ 2021 ވަނަ އަހަރު އަޅުގަނޑުމެން ވާހަކަދައްކާ އިރު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ހިސާބުގައި---އަމީރު

ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ އެކި އެކި ދާއިރާގެ ތަފްސީލު ދެއްވަމުންް އަމީރު ވިދާޅުވި ގޮތުގައި ބައެއް ދާއިރާތައް އަދިވެސް ހުރީ ލަދުވެތިވާން ޖެހޭ ފަދަ ދެރަ ގޮތަކަށް ކަމަށެވެ. ޝަރުއީ ދާއިރާއާއި ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގެ ހާލަތު ވެސް އޮތީ އޭނާ ވިދާޅުވިގޮތުގައި ވަރަށް ދަށުގަ އެވެ.

"ކޮންމެ ރަށެއްގައި އާ ކޯޓްތަކެއް އަޅަން ޖެހިފަައި މިއޮތީ. ކޯޓްތައް އެހާ ކުދި، ކޯޓްތައް ބޮލަށް ވެއްޓެނީ. ތައުލީމީ ދާއިރާއަށް އަަޅުގަނޑުމެން ބަލައިލާއިރު، ގިނަ ރަށްތަކުގައި ސްކޫލްތައް ހަމައެއް ނުވޭ. ސްކޫލްތަކުގެ ކްލާސްތައް ހަމައެއް ނުވޭ، މަލްޓިޕާޕާސް ހޯލް އެބަ އަޅަން ޖެހޭ. އަޅުގަނޑުމެން ސިއްހީ ދާއިރާއަށް ބަލައިލާ އިރު ރާއްޖޭގެ ސިއްހީ މަރުކަޒުތައްް ]ހުރީ[ 2021 ވަނަ އަހަރު އަޅުގަނޑުމެން ވާހަކަދައްކާ އިރު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ހިސާބުގައި،" އަމީރު ވިދާޅުވި އެވެ.

އެ މައްސަލަތައް ހައްލުކުރަން 2019 ވަނަ އަހަރުން ފެށިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް މަސައްކަތްތައް އަންނަ އަހަރުވެސް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިއްހީ ދާއިރާ ރަނގަޅުކުރަން ކުރަަމުން އަންނަ އެއް މަސައްކަތަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަސް ސަރަަހައްދެއްގައި ފަަސް ޓާޝިއަރީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތެވެ.

"ހަގީގަތަކީ މިހުރިހާ ކަމަކަށް އަޅުގަނޑުމެން އެއްފަހަރާ ހައްލު ހޯދަން އަޅުގަނޑުމެން މަސަައްކަތްކުރާ ނަމަ އަޅުގަނޑުމެން ހުށަހަޅަން ޖެހޭ ބަޖެޓަކީ 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ނޫން. އެއަށް ވުރެ ބޮޑު އެބަވޭ،" އަމީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއީ އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ ހާލަތު ހުރި ގޮތުން ހުށަހެޅެން އޮތް އެންމެ ބޮޑު ބަޖެޓެވެ.

އަމީރު މިހެން ވިދާޅުވި އިރު، ބަޖެޓް ބަހުސްގައި މަޖިލީހުގެ ބައެއް އިދިކޮޅު މެމްބަރުން ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު ހުރި ގޮތުން ބަޖެޓް މިއަށް ވުރެ ވެސް ކުޑަކުރަން ޖެހޭ ކަމަށެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހޯމަ ދުވަހު ގޮވައިލެއްވީ ބަޖެޓް އަނބުރާ ގެންގޮސް، 25 ބިލިޔަން ރުފިޔާއަށް ކުޑަކޮށްފައި އަލުން ފޮނުވުމަށެވެ.