Roadha Mihaaru
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

ބަޖެޓްގެ މައްސަލާގައި އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

22 ޑިސެމްބަރ 2022

ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ވަކީލުންތަކެއް ކަމަށްވާ އަސްއަދު ޝަރީފާއި އިބްރާހިމް ރަމީޒުގެ ފަރާތުން އެ މައްސަލަ ހުށަހެޅީ މި އަހަރު ފަސް ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ވެސް އެ ހަރަދުތައް ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އެދިފައި އޮތީ މިނިސްޓަރު އަމީރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިހާރު ވަނީ ނިންމަވައިފަ އެވެ.

އެ ނިންމުން މުރާޖާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މިއަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބައްދަން އިތުރު ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ އެއްކޮށެވެ. ގާނޫނު އަސާސީ ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާނަމަ، އެއް މަސް ކުރިން މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ.