09 ނޮވެމްބަރ 2020
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 716 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 716 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ގެދޮރު އިމާރާތް ކުރުމަށާއި ޖަމާއަތުގެ ފައިދާ އަށް ދޭ ހިދުމަތްތަކަށް ބަޖެޓުގައި ވަނީ 2.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފަ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވާ 1.4 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވާ 960 މިލިއަން ރުފިޔާ އެވެ.
މީގެ ތެރެއިން 716 މިލިއަން ރުފިޔާ ހަރަދު ވާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. އެގޮތުން، ނޭޝަނަލް ސޯޝަލް ހައުސިން ޕްރޮޖެކްޓަށް 496 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އެކި ރަށްރަށުގައިި ހައުސިން ޔުނިޓުތައް އެޅުމަށް 135 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި އެފޯޑެބަލް ހައުސިން ޕްރޮޖެކްޓަށް 85 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ހައުސިން މަޝްރޫއުތަކަކީ ކޮންމެ އަހަރަކު ވެސް ހާއްސަ ބަޖެޓެއް ކަނޑައަޅަމުން އަންނަ ދާއިރާއެކެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ކުރިއަށްގެންދެ އެވެ.
އަސާސީ ހައްގުތެރެއިން ފެނާއި ނަރުދަމާ އަށް ވެސް ހާއްސަ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވިގޮތުގައި މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައިނުވާ ވަރުގެ މަޝްރޫއެކެވެ. އަދި ސަރުކާރުގެ އަމާޒަކީ 2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރެވޭ ޖުމްލަ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޚާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ބައި ބިލިއަން ރުފިޔާ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
މުވާސަލާތީ ހިދުމަތަށް އިތުރު ކުންފުންޏެއް ގެންނަނީ
އަންނަ އަހަރަށް ހުށަހަޅާނީ ކުޑަ ބަޖެޓެއް: އަމީރު
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
އަޅުގަނޑު ނަމަ މި ބަޖެޓަށް ވޯޓެއް ނުދޭނަން: ނަޝީދު