02 އެޕްރީލް 2020
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބަޖެޓަށް އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބަޖެޓަށް އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް އިތުރު ފައިސާ ބޭނުން ވެފައިވާ ކަަމަށެވެ. މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގައި ޑެފިސިޓް ފޫބެއްދުމަށް 5.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެން ނަމަވެސް މިހާރު ބަޖެޓަށް އިތުރުވާ ހަ ބިލިއަނާ އެކު ޑެފިސިޓް 12 ބިލިއަނަށް ބޮޑުވީ އެވެ.
އަމީރު ވިދާޅުވީ، މިހާރު ސަރުކާރުގެ ފޯކާސްޓް ދައްކާ ގޮތުން އިގްތިސާދީ ދުވެލި 5.7 ޕަސެންޓު ދަށްވާނެ ކަމަށެވެ. ރާއްޖެ އަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓިފައި އޮތް އިރު ޓޫރިސްޓުން އަންނާނެ ވަރު 37 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްވާނެ އެވެ.
މިރޭ ބޭއްވި މީޑިއާ ބްރީފިންގައި (ކ-ވ) ސައީދު، މަބްރޫކް، އަމީރު އަދި ސަމީރު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށްޓަކައި އެއް ބިލިއަން ރުފިޔާ ކުޑަ ކުރުމަށް ނިންމާފައިވާ އިރު މި އަދަދު އިތުރަށް ކުޑަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން ހަރަދުތައް ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނީގެ މުސާރަތައް ރީ ސްޓްރަކްޗާ ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
"ސަރުކާރުގެ ވިސްނުމެއް ނޫން މުސާރަތައް ކުޑަ ކުރުމަކީ. އެކަމަކު ވަކި ވަކި ކުންފުނިތައް ބަލައި އިންޓާނަލް މެކޭނިޒަމްގެ ތެރެއިން ހަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލަން. އަޅުގަނޑުގެ ވެސް އެދުމަކީ ހުރިހާ ކުންފުނިތަކުން ވެސް އިންޓާނަލް ހަރަދުތައް ކުޑަކުރުން. އެއްބައި ކުންފުނިތައް އެބަ ހުރި ވަރަށް ބޮޑެތި މުސާރަަތައް ދޭ. އެހެންވީމަ މުސާރަ ރީ-ސްޓްރަކްޗާ ކުރެވޭނެ ގޮތްތައް ވެސް އެބަ ބަލަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިކަމުގެ މަސައްކަތްތައް ވެސް އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ސަރުކާރަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައިއެމްއެފް އާއި ވޯލްޑް ބޭންކާ އެކު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ބަޖެޓް ޑެފިސިޓް 13-16 ބިލިއަނަށް
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު
ދަތުރުފަތުރަށް ހާއްސަ ކުންފުންޏެއް އުފައްދަނީ
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދާމާ ބާއްވަނީ
އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަނަށް
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް