28 އޮކްޓޯބަރ 2019
ދައުލަތުގެ އާމްދަނީ އަންނަ އަހަރު 30 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި އަލަށް އާމްދަނީ ހޯދުމަށް މުހިއްމު ފަސް ކަމެއް ކުރުމަށް ނިންމާފައިވާ ކަން ފިސްކަލް ސްޓްރެޓެޖީ ގައި ބުނެފި އެވެ.
ދައުލަތުގެ އާމްދަނީ އަންނަ އަހަރު 30 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި އަލަށް އާމްދަނީ ހޯދުމަށް މުހިއްމު ފަސް ކަމެއް ކުރުމަށް ނިންމާފައިވާ ކަން ފިސްކަލް ސްޓްރެޓެޖީ ގައި ބުނެފި އެވެ.
ދައުލަތަށް އަންނަ އަހަރު ލިބޭ އާމްދަނީގެ މިންވަރަކީ މި އަހަރާ އަޅާ ބަލާއިރު ހަ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އަހަރުގެ އާމްދަނީގެ ގޮތުގައި ބަޖެޓުގައި ލަފާކޮށްފައި ވަނީ 24 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުން ދައްކާ ގޮތުން އާމްދަނީ ހޯދުމަށް އަންނަ އަހަރު މުހިއްމު ގިނަ ކަންތައްތަކެއް ކުރާނެ އެވެ.
- ފަރުދުންގެ އާމްދަނީ ޓެކްސް
- ރިސޯޓު ދޫކުރުމަށް އާ ރަށްތައް ދޫކުރުން
- ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ އަށް ބަދަލު ގެނައުން
- ވޯކް ޕާމިޓް ފީއަށް ބަދަލު ގެނައުން
- އެއާޕޯޓް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ނަގާ އުސޫލަށް ބަދަލު ގެނައުން
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އިން އަންނަ އަހަރު 368 މިލިއަން ރުފިޔާ ލިބޭނެ އެވެ. އާމްދަނީގެ ގޮތުގައި ހުށަހަޅާ އާ ކަންކަމުން 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާމްދަނީ ހޯދުމަށް އަލަށް ހުށަހަޅާ ކަންކަން މި އަހަރުގެ ބަޖެޓާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.
މިއަދަދު ކުރިއަށް އޮތް ފަސް އަހަރު އެވްރެޖުކޮށް 8.9 ޕަސެންޓަށް އިތުރުވެ، 2024 ވަނަ އަހަރަށް ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ވެ އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކުރަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ދައުލަތުގެ އާމްދަނީ ރުޖޫއަވާން އިތުރު ދެ އަހަރު ނަގާނެ
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
ބަޖެޓް ޑެފިސިޓް 13-16 ބިލިއަނަށް
މި އަހަރުގެ ޑެފިސިޓް 12 ބިލިއަނަށް އަރާނެ: އަމީރު
އަންނަ އަހަރުގެ ބަޖެޓް 39 ބިލިއަނަށް!
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު