Roadha Mihaaru
18 އަހަރަށް ފަހު ބޮޑު ސިއްކަ ރާއްޖެ އަށް

18 އަހަރަށް ފަހު ސިއްކަ އަހުމަދު އިސްމާއިލް މަނިކު ރާއްޖެ އަށް

06 ޑިސެމްބަރ 2022

ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) 18 އަހަރަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) 18 އަހަރަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

މީގެ 18 އަހަރު ކުރިން ސްރީ ލަންކާ އަށް ވަޑައިގެންނެވި ގޮތަށް އޭނާ މިހާތަނަށް ރާއްޖެ ވަޑައެެއް ނުގަންނަވަ އެވެ. އަމިއް އަށް "އަރުވާލެވިގެން" ލަންކާގައި އުޅުއްވި ސަބަބެއް ކަމަށް ވަނީ ރާއްޖޭގެ ސިޔާސީ ކަންކަމާ ބެހިވަޑައިނުގެން ދުރުގައި ހުންނެވުމަށެވެ. އެހެންވެ، އޭނާ 2004 ގައި ރާއްޖެ ދޫކުރައްވައި ލަންކާ އަށް ބަދަލުވީ އެވެ.

އެނގިފައިވާ ގޮތުގައި ބޮޑު ސިއްކަ ރާއްޖެ ވަޑައިގަތީ އަނބިކަނބަލުންގެ ސިއްހީ ހާލު މިހާރު ހުރި ގޮތުން ދެކެވަޑައިގަތުމަށާއި އާއިލާގެ ބޭފުޅުންނާ ބައްދަލުނުވެ، ގިނަ ދުވަސްތަކެއް ވުމުން އެ ބޭފުޅުންނާ ބައްދަލު ކުރައްވާށެވެ.

މިހާރު ވެސް ރާއްޖޭގައި ވިޔަފާރި ކުރައްވާ ބޮޑު ސިއްކަގެ މައްޗަށް ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ މައްސަލާގައި 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެ އެވެ. އެއީ އެ ހަމަލާގެ ކަންކަން އެނގިވަޑައިގެން ހުންނަވައި ސަރުކާރަށް ނޭންގެވި ކަމުގެ ތުހުމަތުގަ އެވެ.

އެކަމަކު، އެ ހުކުމަށް ތިން އަހަރު ވެސް ނުވަނީސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޮޑު ސިއްކަ އަށް މާފު ދެއްވައި ބަންދުން ދޫކޮށްލެއްވީ އެވެ.