Roadha Mihaaru
ރައީސްގެ ދެކަނބަލުން ލަންކާ އަށް

ރައީސްގެ ދެކަނބަލުން ލަންކާ އަށް

20 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސްރީ ލަންކާ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސްރީ ލަންކާ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާ ދެ ބޭފުޅުންގެ އަމިއްލަ މި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނޮވެމްބަރު 17، 2018 ގައި ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު ވެސް ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ލަންކާ އަށެވެ. އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު އެ ގައުމަށް ވަޑައިގަތެވެ.

ރައީސްގެ ދެކަނބަލުން ސްރީ ލަންކާ އަށް ނުރަސްމީ ދަތުރުފުޅެއް މި ފެއްޓެވީ މިދިޔަ ހަފުތާ ބަންދުގައި ހދ. ކުޅުދުއްފުއްޓާއި ކުމުންދޫ އަދި ހަނިމާދު އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެވެ.