Roadha Mihaaru
ރައީސް ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

09 ނޮވެމްބަރ 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު އޮތް އެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ލަންކާގެ ރައީސް، ދެ ގައުމުން އިސްކަންދޭ މުހިންމު މައުލޫތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް، ރައީސް އެދިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ ދައުވަތަކަށް ރައީސްގެ ދެ ކަނބަލުން ލަންކާ އަށް ވަޑައިގަތީ އިއްޔެ އެވެ.

ލަންކާގައި ކުޅޭ އެ މުބާރާތުގައި ވާދަކުރާނީ ލަންކާގެ އިތުރުން ރާއްޖެ އާއި ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.