13 ޖުލައި 2022
ރާއްޖެއަށް ފިއްލަވައިގެން ވަޑައިގެން ހުންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފި އެވެ.
ރާއްޖެއަށް ފިއްލަވައިގެން ވަޑައިގެން ހުންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފި އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުމެ ކުރި މުޒާހަރާތައް ކޮންޓްރޯލް ނުވުމުން އެންމެ ފަހުން ރޭ ގޮތަބަޔާ ވަނީ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. އޭނާ ވަޑައިގަތުމުގެ ހުއްދަ ދެއްވުމުން ފާޑުކިޔުންތައް ވަރަށް ބޮޑަށް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.
ބޭރުގެ މީޑިއާއެއްގައިވާ ގޮތުން ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ގޮތަބަޔާ ވަނީ ގައުމުގެ އިސް ބޭފުޅުންނާ މަޝްވަރާކޮށްފަ އެވެ. އަދި ހުއްދަ ލިބޭނެ ކަމުގެ ޔަގީންކަން ސިންގަޕޫރުން ދިނުމުން ރާއްޖެ މަގުން އެ ގައުމަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްރު މަސްދަރަކާ ހަވާލާދީ އެ މީޑިއާގައިވެ އެވެ.
އެހެން ނަމަވެސް އޭނާ އެ ގައުމަށް ވަޑައިގަންނަވާނެ އިރެއް ސާފެއް ނުވެ އެވެ. މިކަމާ ބެހޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އޭނާ އެހެން ގައުމުތަކަށް ވަޑައިގަތުމަށް ހުއްދަ ނުލިބުމުންނެވެ. އެގޮތުން އެމެރިކާ އާއި އިންޑިއާއިން ވެސް އޭނާ ވަޑައިގަތުމުގެ ހުއްދަ ނުދިންއިރު، ދުބާއީއަށް އޭނާ ވަޑައިގަތުމަށް އިއްޔެ މަސައްކަތް ކުރެއްވުމުން ލަންކާ އެއާޕޯޓްގެ އޮފިޝަލުން އޭނާއަށް އެއްބާރުލުމެއް ނުދިނެވެ.
ގޮތަބަޔާ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވިޔަސް، މިހާތަނަށް އިސްތިއުފާއެއް ނުދެއްވަ އެވެ. އެކަމަކު ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ވަނީ މިއަދު ހަވާލު ކުރައްވައިފަ އެވެ.
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ނަޝީދުގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން!
ގޯޓާބަޔާއަށް ހިމާޔަތެއް ނުދެން: ސިންގަޕޫރު
ސްރީ ލަންކާގެ ރައީސް މިރޭ ފުރާވަޑައެއް ނުގަންނަވާ!
ރައީސާއި ގޮތަބަޔާ ބައްދަލުކުރައްވައިފި
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި