ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގެންފި އެވެ.
28 ޖުލައި 2025
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގެންފި އެވެ.
ޑިސަނަޔަކެ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސެނަޔަކެ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މި އަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.
ރައީސް މުއިއްޒާއި ލަންކާގެ ރައީސް ޑިސަނޔަކެ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. ދެ ދުވަހުގެ އެ ދަތުރުފުޅުގައި ދެ ގައުމުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، ލަންކާގެ ރައީސް ޑިސަނަޔަކެގެ ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ އެވެ.
ލަންކާގެ ރައީސަށް މަރުހަބާ ދަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުށަހެޅި ހަރަކާތެއް އެ މަނިކުފާނާއި ރައީސް މުއިއްޒު ބައްލަވައިލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޑިސަނަޔަކެ އަށް ރަސްމީކޮށް ރާއްޖެ އިން މަރުހަބާ ދެންނެވުން އޮންނާ މިއަދުގެ މެންދުރުފަހު ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. އޭގެ ފަހުން ރައީސް އޮފީހުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެމްއޯޔޫތަކެއްގައި ސޮއިކުރުން އޮންނާނެ އެވެ.
"ލަންކާއަކީ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔާ"
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ސްރީ ލަންކާގެ ރައީސް ރާއްޖެ އިން ފުރާވަޑައިގެންފި
ލަންކާގައި ކިޔަވާ މީހުންގެ އާއިލާތަކަށް ވެސް ވިސާ
ލަންކާގެ ރައީސް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ލަންކާގެ ރައީސް އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވަނީ
ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ދަށަށް
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ