22 ސެޕްޓެމްބަރ 2024
އަވައްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އަވައްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އަނޫރާ ވަނީ ރައީސްކަން ކަށަވަރުކުރައްވައިފަ އެވެ.
އެ ގައުމުގެ އިންތިހާބީ ރައީސަށް މަރުހަބާ ވިދާޅުވެ، ރައީސް "އެކްސް" ގައި ވިދާޅުވީ ލަންކާގެ އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ، 55، ވަނީ ވޯޓުގެ 55.89 ޕަސެންޓަށް ވުރެ ގިނައިން ހޯއްދަވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ އާއިލާތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މީގެ ކުރިން މަގުބޫލުކަން ވަރަށް ކުޑަ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިފަހަރު ކުއްލި މަގުބޫލުމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާ އެކުގަ އެވެ.
އޭނާ އަކީ ލަންކާ ބަނގުރޫޓުވުމުން އައިއެމްއެފްގެ އެހީ ހޯދުމަށް ގެނައި ބޮޑެތި ބަދަލުތަކާ ދެކޮޅު ބޭފުޅެކެވެ. އޭނާ ވިދާޅުވެފައިވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ޓެކްސްތައް ކުޑަކުރައްވައި އާންމުންގެ ދިރިއުޅުން ފަސޭހަކޮށްދެއްވާނެ ކަމަށެވެ.
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ރައީސް މުއިއްޒު ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
އަނޫރާ، ރައީސަށް: ގުޅުން އިތުރަށް ބަދަހިވާނެ
ލަންކާ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު