އިއްޔެ މަގާމުގެ ހުވާކުރެއްވި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހްއާ ރޭ ބައްދަލުކުރައްވައިފަ އެވެ.
18 ނޮވެމްބަރ 2023
އިއްޔެ މަގާމުގެ ހުވާކުރެއްވި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހްއާ ރޭ ބައްދަލުކުރައްވައިފަ އެވެ.
އެ މަނިކުފާނު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން ހުންނެވި ރަނިލްއާއެކު، ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތައުލީމީ ދާއިރާ އަދި ލަންކާގައި ކިޔަވާ އުމުރުން 18 އަހަރުން ދަށުގެ ދިވެހި ކުދިންނަށް ވިސާ ލިބުމުގައި ލުއި ފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިގުތިސޯދު އާރާސްތުކުރުމަށް ކުރާ މަސައްކަތްތައް ހިމެނޭހެން ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން ވެސް ރައީސް މުއިއްޒާއި ލަންކާގެ ރައީސް ރަނިލް މަޝްވަރާ ކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހުވާކުރައްވަ ރަސްމިއްޔާތަށް ސްރީ ލަންކާގެ ރައީސް ރަނިލް ރާއްޖެ އަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެކެވެ.
ފަސޭހަފުޅު ވަގުތެއްގައި ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ރަނިލް އެރުވި ދައުވަތު ރައީސް މުއިއްޒު ގަބޫލުފުޅު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސްރީ ލަންކާގެ ރައީސް ރާއްޖެ އިން ފުރާވަޑައިގެންފި
"ލަންކާއަކީ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔާ"
ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގެންފި
ލަންކާގެ ރައީސް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ