24 ސެޕްޓެމްބަރ 2024
ސްރީ ލަންކާގެ އާ ބޮޑު ވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ އާ ބޮޑު ވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބާ އެކު، އެ ގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ދިނޭޝް ގުނަވަރްދަނަ އިއްޔެ އިސްތިއުފާ ދެއްވި އެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ޑރ. ހަރިނީ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރަން ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ މިއަދު ވަނީ ނިންމަވައިފަ އެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ތިންވަނަ އަންހެން ބޮޑު ވަޒީރަށް މަރުހަބާ ވިދާޅުވި އެވެ. އަދި ރައީސް ވިދާޅުވީ، ލަންކާގެ އާ ބޮޑުވަޒީރުގެ ލީޑަޝިޕްގެ ދަށުން އެ ގައުމަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން އެކުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ ލަންކާގެ އާ ރައީސަށް ވެސް މަރުހަބާ ދަންނަވައިފަ އެވެ. ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެ ވާހަކަފުޅު ރީޕޯސްޓު ކުރައްވައި އަނޫރާ ވަނީ އެ މަނިކުފާނާއި ދިވެހިންނަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް ސަރަހައްދީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.
އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ، 55، ވަނީ ވޯޓުގެ 55.89 ޕަސެންޓަށް ވުރެ ގިނައިން ހޯއްދަވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ އާއިލާތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މީގެ ކުރިން މަގުބޫލުކަން ވަރަށް ކުޑަ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިފަހަރު ކުއްލި މަގުބޫލުމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާ އެކުގަ އެވެ.
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ރައީސް މުއިއްޒު ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
އަނޫރާ، ރައީސަށް: ގުޅުން އިތުރަށް ބަދަހިވާނެ
ލަންކާ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު