Roadha Mihaaru
ރައީސާއި ގޮތަބަޔާ ބައްދަލުކުރައްވައިފި

ރައީސާއި ގޮތަބަޔާ ބައްދަލުކުރައްވައިފި

22 ޖުލައި 2021

ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމދަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމދަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް، ލަންކާ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި، ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ފެސިލިޓީތަކަށް ބުރަނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ އަންގާރަ ދުވަހު ލަންކާ އަށް ފެއްޓެވި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.