Roadha Mihaaru
ލަންކާއާއެކު ދިވެހިން ތިބިކަން އަންގައިދޭން ހަރަކާތެއް

ލަންކާގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭ ހަރަކާތެއް ބާއްވައިފި

26 އެޕްރީލް 2019

މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ބޮން ގޮއްވާލައި 253 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަން އަންގައި ދިނުމަށް ހާއްސަ ހަރަކާތެއް މޯލްޑިވްސް ރެޑް ކްރެސެންޓު (އެމްއާރްސީ) ން މިއަދު ބާއްވައިފި އެވެ.'

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ބޮން ގޮއްވާލައި 253 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަން އަންގައި ދިނުމަށް ހާއްސަ ހަރަކާތެއް މޯލްޑިވްސް ރެޑް ކްރެސެންޓު (އެމްއާރްސީ) ން މިއަދު ބާއްވައިފި އެވެ.'

'އިން ސޮލިޑަރިޓީ ވިތު ސްރީ ލަންކާ' ގެ ނަމުގައި ކެންގަރޫ ކިޑްސް ސްކޫލުގައި ބޭއްވި މި ހަރަކާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ އެމްބަސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ސަރުކާރުގެ އެހެން އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓުން ކުރި ޓްވީޓެއް

އީސްޓާ ސަންޑޭގައި ލަންކާގެ އެކި ހިސާބުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން މަރުވިއިރު، 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

މި ހަރަކާތުގައި، ލަންކާގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ބުދިކާ ހެރަތު ވިދާޅުވީ، ރާއްޖެ އިން ސްރީ ލަންކާ އަށް މި ދުވަސްވަރު ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ބޮން ގޮއްވާލުމުން މަރުވި މީހުންގެ ހަނދާނުގައި ރާއްޖޭގައި މިއަދު ބޭއްވި އެއް މިނިޓުގެ ސުކޫތުގެ ތެރެއިންވެރިވަނީ.--- ފޮޓޯ: ލަމްޔާ އަބްދުﷲ/ މިހާރު

ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ބޮން ގޮއްވާލުމުން މަރުވި މީހުންގެ ހަނދާނުގައި ރާއްޖޭގައި މިއަދު ބޭއްވި އެއް މިނިޓުގެ ސުކޫތުގެ ތެރެއިންވެރިވަނީ.--- ފޮޓޯ: ލަމްޔާ އަބްދުﷲ/ މިހާރު

"ލަންކާ އަކީ އެންމެހައި ދިވެހިންގެ ދެވަނަ ގެ. އެހެން ނަމަވެސް އަޅުގަނޑުމެން ތި އެންމެންނަށް މަރުހަބާ މި ކިޔަނީ އެއީ ހަމަ ތި މީހުންގެ ފުރަތަމަ ގެ ގޮތުގައި،" ބުދިކާ ވިދާޅުވި އެވެ.

މިއަދުގެ ހަރަކާތުގައި ރާއްޖޭގައި އުޅޭ ލަންކާ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓު ދޭން ރާވާފައި ވެ އެވެ. މިއީ އިމަޖަންސީ ހާލަތްތަކުގަ އާއި ކާރިސާތަކުގައި ރެޑް ކްރެސެންޓުން ދޭ ޚިދުމަތެކެވެ.