06 ނޮވެމްބަރ 2022
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އދ. ގެ ކޮންފަރެންސް، ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ވަފުދާ އެކު ކުުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއާ މެދު އޮތް ގަދަރު ކުޑަކަން ހާމަވާ ކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އދ. ގެ ކޮންފަރެންސް، ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ވަފުދާ އެކު ކުުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއާ މެދު އޮތް ގަދަރު ކުޑަކަން ހާމަވާ ކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
ކޮޕް ސަމިޓަށް ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި އެ ގައުމު ތަމްސީލު ކުރެއްވުމަށް ނަޝީދު މިސްރުގެ ޝަރުމުއް ޝައިހަށް ވަޑައިގަތުމުން ގިނަ ބަޔަކު ދަނީ ފާޑިކިޔަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އެމްއާރުއެމުން ބުނީ، ނަޝީދުގެ އެ އަމަލަކީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ރޫހާ ހިލާފު ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އެކަމަކީ "މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް އޮޅުން އަރާ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއް" ގެ ގޮތުގައި ވެސް އެ ޕާޓީން ސިފަ ކުރެ އެވެ.
"ރާއްޖޭގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން، ރާއްޖެ ވެސް ތަމްސީލުކުރާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެކެވެ،" ނަޝީދުގެ ފަރާތްޕުޅުން އެފަދަ އަމަލެއް ފެނުމަކީ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށް ބުނެ، ނެރުނު ބަޔާނުގައި އެމްއާރުއެމުން ބުންޏެވެ.
ދިވެހި ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން ކޮޕް ސަމިޓުގައި ނަޝީދު، ލަންކާ ތަމްސީލުކުރައްވާތީ އެއީ އަމިއްލަ ގައުމަށް ވަފާތެރިވުންތޯ ސުވާލު އުފައްދައި އެތައް ބަޔަކު ނަޝީދަށް ފާޑުކިޔާފައިވެ އެވެ.
އެއީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުން ކަހަލަ އެތައް މަޝްވަރާތަކެއް ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް ބާއްވާ ސަމިޓެކެވެ.
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!
ލަންކާގެ ބޮޑުވަޒީރު މައުމޫނާ ބައްދަލުކުރައްވައިފި
މައުމޫނު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
ދިވެހިންނަށް ދިމާވާ ދަތިތައް މައުމޫން އޮޅުން ފިލުވައިފި
"ލުތުފީ އެމްބަސީއަށް ދިޔައީ ބޮން ގޮއްވުމުގެ ކުރިން"
"ރާއްޖެ-ލަންކާ ގުޅުމަށް ބުރޫއެރުވުމުގެ ހައްގެއް ނެތް"
ވެރިކަން ވައްޓާލަން އުޅުމުގެ އަޑީގައި ލަންކާ: ރިޔާޒް
ނަޝީދަށް ފޮނުވާލި ތީރު މުންދުގެ ލޮލަށް!
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
އިދިކޮޅު ކޯލިޝަންގެ އެއްބަސްވުމަށް ޗަންދްރިކާގެ މަރުހަބާ