22 ނޮވެމްބަރ 2022
އަލް ވަކްރާ (ނޮވެމްބަރު 22) - ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް މިރޭ އޮސްޓްރޭލިއާ ނުކުންނައިރު އެ ޓީމުގެ ނަން ކިޔަން ވެސް އެ ގައުމުގެ ކޯޗު ގްރަހަމް އާނޯލްޑް ބޭނުން ނުވާކަން ހާމަކޮށްފި އެވެ.
އަލް ވަކްރާ (ނޮވެމްބަރު 22) - ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް މިރޭ އޮސްޓްރޭލިއާ ނުކުންނައިރު އެ ޓީމުގެ ނަން ކިޔަން ވެސް އެ ގައުމުގެ ކޯޗު ގްރަހަމް އާނޯލްޑް ބޭނުން ނުވާކަން ހާމަކޮށްފި އެވެ.
ގްރަހަމް އެގޮތަށް ވާހަކަ ދެއްކީ އޮސްޓްރޭލިއާ ޓީމުގެ އެއް ވެސް ކުޅުންތެރިޔެއްގެ ނަމެއް ވެސް ނޭންގޭ ކަމަށް ފްރާންސްގެ ބައެއް ކުޅުންތެރިން ބުނެފައި ވުމުންނެވެ.
ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އާއި މިޑްފީލްޑާ އެޑްއާޑޯ ކަމަވިންގާ ވަނީ އިދިކޮޅަށް ނުކުންނަ އޮސްޓްރޭލިއާގެ ޓީމުގެ އެންމެ ކުޅުންތެރިޔެއްގެ ނަމެއް ވެސް ނޭނގޭ ކަމަށް އެއްބަސްވެފަ އެވެ.
"އަހަންނަކަށް ނޭނގެ އޭގެއިން އެންމެ ކުޅުންތެރިޔެއް ވެސް،" ކޮނާޓޭ ބުންޏެވެ.
ފްރާންސްގެ ކުޅުންތެރިންނަށް އޮސްޓްރޭލިއާގެ އެންމެ ކުޅުންތެރިޔެއްގެ ނަމެއް ވެސް ނޭނގޭތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ގްރަހަމް ދިނީ މަޖާ ޖަވާބެކެވެ.
"އޭނާގެ އަތުގައި ނެތީތަ ޕެރަމައުންޓް ޕްލަސް ވެސް،" އޮސްޓްރޭލިއާގެ އޭ ލީިގުގެ މެޗުތައް ވަގުތުން ގެނެސްދޭ އެޕްލިކޭޝަންގެ ނަން ފާހަގަ ކުރަމުން ހިނިގަނޑަކާ އެކު ގްރަހަމް ބުންޏެވެ.
އޭނާ ބުނީ އޮސްޓްރޭލިއާ ޓީމުގައި ވަރުގަދަ ނަންތަކެއް ނެތް ކަމަށާއި ނަމަވެސް ވަރުގަދަ ހިތްތަކެއްގެ ވެރި ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.
"އަހަންނަށް އެނގޭ މި ކުޅުންތެރިންގެ މެންޓަލިޓީ ހުންނާނެ ގޮތް. މި ކުޅުންތެރިން ފަހަތަކަށް ނުޖެހޭނެ. އެ ކުޅުންތެރިން ޖެހޭނީ އަބަދުވެސް ކުރި އަށް."
ކޯޗެއްގެ ގޮތުގައި އޭނާގެ ކެރިއާގެ އެންމެ ބޮޑު މުބާރާތަށް ނުކުންނަ ގްރަހަމް ވަނީ އިދިކޮޅަށް ނުކުންނަ ފްރާންސްގެ ނަން ވެސް ކިޔަން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ.
"މިއީ ކޮންމެހެން ބޭއިހްތިރާމް ކުރުމެއް ނޫން. ފްރާންސް މި ލަފުޒު ކިރިޔާ ވެސް އަހަރެން ފާހަގައެއް ނުކުރަން އަދި އަހަރެން އެ ޓީމުގެ އެންމެ ކުޅުންތެރިޔެއްގެ ނަމަވެސް ނުކިޔަން،" ގްރަހަމް ބުންޏެވެ.
"ކުޅުންތެރިންނަށް އެނގޭނެ އެއީ ނޫ ޖޯޒީގައި ތިބޭ 10 ކުޅުންތެރިންކަމާ އަދި ރީނދޫ ޖޯޒީގައި ތިބޭ 10 ކުޅުންތެރިންކަން."
ޑެލިވަރީ ބޯއީގެ ވަޒީފާއިން ފްރާންސް ވޯލްޑް ކަޕް ޓީމަށް
މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ކުއާޓާއަށް
ގަތަރުގެ އުސޫލުތަކަށް ފްރާންސުން އިހުތިރާމް ކުރާނެ
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ފަލަސްތީނަށް ތާއީދުކުރާތީ ބެންޒެމާއަށް ފިއްތުންތަކެއް
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު