14 ޑިސެމްބަރ 2022
އަލް ކޯރް (ޑިސެމްބަރު 14) - ފްރާންސްގެ ޔޫސުފް ފޮފާނާ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ ކުރިން މަސައްކަތް ކުރީ ޕިއްޒާ ޑެލިވަރީ ބޯއީއެއްގެ ގޮތުގަ އެވެ. މޮނާކޯގެ މިޑްފީލްޑަރު ބުނި ގޮތުގައި އޭނާ އެ މަސައްކަތް ފެށީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ އުއްމީދުގަ އެވެ.
އަލް ކޯރް (ޑިސެމްބަރު 14) - ފްރާންސްގެ ޔޫސުފް ފޮފާނާ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ ކުރިން މަސައްކަތް ކުރީ ޕިއްޒާ ޑެލިވަރީ ބޯއީއެއްގެ ގޮތުގަ އެވެ. މޮނާކޯގެ މިޑްފީލްޑަރު ބުނި ގޮތުގައި އޭނާ އެ މަސައްކަތް ފެށީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމުގެ އުއްމީދުގަ އެވެ.
ފްރާންސްގެ ގައުމީ ފުޓްބޯޅަ އެކަޑަމީ ކްލޭއާފޮންޓެއިންގެ ތަމްރީންތައް ފުރިހަމަ ކުރިއަސް އެކަށީގެންވާ އާމްދަނީއެއް ފުޓްބޯޅަ ކުޅެގެން އޭރު ނުލިބުމުން އިތުރު ވަޒީފާއެއް އަދާކުރަން އޭނާ ނިންމި އެވެ.
"ފުޓްބޯޅަ ކުޅެގެން އޭރު މާބޮޑު އާމްދަނީއެއް ނުލިބޭ. ފުޓްބޯޅައިގައި ދެމިހުންނަންޏާ އެހެން ގޮތަކުން ވެސް އާމްދަނީ ލިބޭނެ މަސައްކަތެއް ވެސް ކުރަން ވެގެން އެ މަސައްކަތް އަހަރެން ކުރީ،" ޑެލިވަރީ ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރި ސަބަބު ފޮފާނާ، 22، ކިޔައިދިނެވެ.
"އަހަރެން ބޭނުން ފުޓްބޯޅައިގައި ދެމިހުންނަށް. އެހެންވެ އަހަންނަށް ވިސްނުނީ އެއީ އޭ އެންމެ ރަނގަޅު ގޮތަކީ."
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފޮފަނާ މެޗަށް ނުކުންނަނީ: އޭނާ ވަނީ ވޯލްޑް ކަޕުގެ ހަތަރު މެޗުގައި ކުޅެފަ --- ފޮޓޯ: އޭއެފްޕީ
ފްރާންސްގެ ސްޓްރަސްބާގުން ކެރިއާ ފެށި މިޑްފީލްޑަރަށް ހަމަޖެހިލެވުނީ މޮނާކާއިން އޭނާ ގެންދަން ހުށަހެޅުމުންނެވެ. އެ ކްލަބަށް 2020 ގައި ކުޅެން ފެށި ފޮފާނާ އަށް ފްރާންސްގެ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ ވެސް ވޯލްޑް ކަޕަށް ދެ މަހަށް ވެފައި ވަނިކޮށެވެ.
ސެޕްޓެމްބަރު މަހު ޔޫއެފާ ނޭޝަން ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފޮފަނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ފުލް މެޗު ފުރިހަމަ ކޮށްފަ އެވެ. ވޯލްޑް ކަޕުގައި އޭނާ ވަނީ ހަތަރު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.
ވޯލްޑް ކަޕުގެ ތަށި ދިފާއު ކުރަން ނުކުންނަ ފްރާންސް، ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ މޮރޮކޯ އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. ފައިނަލުގެ ފުރަތަމަ ޖާގަ އާޖެންޓީނާ ރޭ ކަށަވަރު ކުރީ ކްރޮއޭޝިއާގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައިގެންނެވެ.
ފްރާންސްގެ ނަންކިޔަންވެސް އޮސްޓްރޭލިއާ ކޯޗު ބޭނުމެއްނޫން
ގަތަރުގެ އުސޫލުތަކަށް ފްރާންސުން އިހުތިރާމް ކުރާނެ
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ފަލަސްތީނަށް ތާއީދުކުރާތީ ބެންޒެމާއަށް ފިއްތުންތަކެއް
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު
ޗެމްޕިއަނުން ފްލޮޕްވުން ފްރާންސުން ނިމުމަކަށް ގެނެސްފި