Roadha Mihaaru
ގަތަރުގެ އުސޫލުތަކަށް ފްރާންސުން އިހުތިރާމް ކުރާނެ

ގަތަރުގެ އުސޫލުތަކަށް ފްރާންސްގެ ޓީމުން އިހުތިރާމް ކުރާނެ: ލޮރިސް

16 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 16) - ވޯލްޑް ކަޕް ބާއްވާ ގަތަރުގެ އުސޫލުތަކަށް ފްރާންސްގެ ޓީމުން އިހުތިރާމް ކުރާނެ ކަމަށް، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ބުނެފި އެވެ.

ދޯހާ (ނޮވެމްބަރު 16) - ވޯލްޑް ކަޕް ބާއްވާ ގަތަރުގެ އުސޫލުތަކަށް ފްރާންސްގެ ޓީމުން އިހުތިރާމް ކުރާނެ ކަމަށް، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ބުނެފި އެވެ.

ކައިވެނީގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގެއް ކަމަށް ބަލައި އެކަމަށް އަޑު އުފުލުމުގެ ހުއްދަ ދިނުމަށް މުބާރާތުގައި ވާދަ ކުރާ ހުޅަނގުގެ ބައެއް ގައުމުތަކުން ދަނީ ގަތަރަށް ޕްރެޝަރު ކުރަމުންނެވެ. އެކަމަކު ގަތަރުން ބުނަމުން ދަނީ ވޯލްޑް ކަޕަށްޓަކައި އެ ގައުމުގެ އުސޫލުތައް މުގުރާ ނުލާނެ ކަމަށެވެ.

ހައްގުގެ ނަމުގައި އެފަދަ ފާހިޝް އަމަލެއް ޕްރަމޯޓް ކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށް ފިޔަވަޅު އަޅާނެ ކަމަށް ގަތަރުން ބުނެ އެވެ.

މުސްލިމް ކުޅުންތެރިންގެ ގިނަ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ފްރާންސުން ފުރުމުގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުގައި ބުނީ އެހެން ގައުމުތަކުގެ މީހުން ފްރާންސަށް އަންނަ އިރު، ފްރާންސްގެ ގަވާއިދުތަކަށް އެފަރާތްތަކުން އިހުތިރާމް ކުރަން އަހަރެމެން ބޭނުންވާ ފަދައިިން ގަތަރަށްދާ އެހެން ގައުމުތަކުގެ މީހުން ވެސް އެ ގައުމުގެ ގަވާއިދުތަކަށް އިހުތިރާމް ކުރަން އެ ގައުމުން ވެސް ބޭނުންވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ.

"ފްރާންސަށް އެހެން ގައުމުތަކުގެ މީހުން އަންނައިރު އަހަރެމެން އެ މީހުންނަށް މަރުހަބާ ކިޔާނީ އަހަރެމެންގެ ސަގަފަތާ އުސޫލުތަކަށް އެމީހުން އިހުތިރާމް ކުރާނެކަމަށް ދެކިގެން. ހަމައެގޮތަށް އަހަރެން ވެސް ގަތަރުގެ އުސޫލުތަކަށް އިހުތިރާމް ކުރާނަން،" ލޮރިސް ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން ހައިސިއްޔަތުން މުބާރާތާ ކުރިމަތިލާއިރު ގަތަރަށް އޮތް ޕްރެޝަރު ބޮޑެވެ. ވޯލްޑްކަޕްގެ އެންމެ ފަހުގެ ހަތަރު މުބާރާތުގައި ވާދަ ކުރި އޭގެ ކުރީގެ ޗެމްޕިއަނުން ވަނީ މުބާރާޓުގެ ފުރަތަމަ ބުރުން ކަޓައިފަ އެވެ.

ފްރާންސް ހިމެނެނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާ އެކު ގުރޫޕް ޑީ ގަ އެވެ. ފްރާންސްގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ.