20 ނޮވެމްބަރ 2022
ފިރިހެނުންގެ ޖިންސީ ދިޔަވަރު ނުވަތަ މަނީގައި ދަރިފަނި ހުންނަ މިންވަރު (ސްޕާމް ކައުންޓް) ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފިރިހެނުންގެ ޖިންސީ ދިޔަވަރު ނުވަތަ މަނީގައި ދަރިފަނި ހުންނަ މިންވަރު (ސްޕާމް ކައުންޓް) ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާ، އިޒްރޭލު، ސްޕެއިން، ޑެންމާކް އަދި ބްރެޒިލްގެ ސައެންސްވެރިން ހިމެނޭ ޓީމަކުން ކުރި މި ދިރާސާގައި ބުނެފައިވާ ގޮތުން، ފިރިހެނުންގެ މަނީގައި ދަރިފަނި ހުންނަ މިންވަރު، މިދިޔަ 50 އަހަރުގެ ތެރޭގައި ވަނީ 62 ޕަސެންޓް ދަށްވެފަ އެވެ. މި ދިރާސާގެ އިސް ސައެންސްވެރިޔާ، ހީބްރޫ ޔުނިވަސިޓީ އޮފް ޖެރޫސަލަމްގެ ޕްރޮފެސަރު ހަގާއީ ލެވީން ވިދާޅުވި ގޮތުގައި މިއީ ވަރަށް ކަންބޮޑުވާންޖެހޭ އަދި ހައިރާންކުރަނިވި ހޯދުމެކެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، މި ދިރާސާގެ ހޯދުންތަކުން އެނގޭ އަނެއް ހަގީގަތަކީ ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަން ދަށަށް ދާ ކަމެވެ. ސަބަބެއް ކަމަށް ދިރާސާގައި ބުނެފައިވަނީ، ދަރިފަނީގެ މިންވަރު މަތިވުމަކީ، ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކަމުގެ ހެއްކެކެވެ. އެހެންކަމުން އެ މިންވަރު ދަށްވުމަކީ ސިއްހީ ހާލަތު ދަށަށްދާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
Humans could face reproductive crisis as sperm count declines, study finds
— Wittgenstein (@backtolife_2023) November 16, 2022
Global figures suggest sperm concentration has halved in 40 years – and the rate of decline is acceleratinghttps://t.co/x3IXF91VVO pic.twitter.com/mQDycmIoCt
އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ސައެންޓިފިކް ޖާނަލް، ހިއުމަން ރިޕްރޮޑަކްޝަން އަޕްޑޭޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާއާ މެދު، ކަމާ ގުޅޭ ދާއިރާތަކުގެ ސައެންސްވެރިންނާއި ތަޖުރިބާކާރުންގެ މެދުގައި މިހާރު ވަނީ ހޫނު ބަހުސެއް އުފެދިފަ އެވެ. މި ދިރާސާގެ ހޯދުމަށް ތާއީދުކުރައްވާ ސައެންސްވެރިން ވިދާޅުވަނީ މިއީ ހަގީގީ ހޯދުންތަކެއް ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މި ހޯދުންތަކަށް އިތުބާރު ނުކުރައްވާ ބައެއް ސައެންސްވެރިން އެކަމުގެ ހުއްޖަތަކަށް ދައްކަވަނީ، މި ދިރާސާގައި އެއްކޮށްފައިވާ މައުލޫމާތަކީ މިދިޔަ 50 އަހަރުގެ މައުލޫމާތަށް ވެފައި، އެ މުއްދަތުގެ ކުރީކޮޅުގައި، ދަރިފަނީގެ މިންވަރު ކަނޑައެޅުމުގައި ބޭނުންކުރި މިންގަނޑާއި މިހާރު އެކަމަށް ބޭނުންކުރާ މިންގަނޑު ވަރަށް ބޮޑަށް ތަފާތުވުމެވެ.
އެހެންކަމުން، ކުރީގައި ހޯދިފައި ހުރި އަދަތުތަކާއި މިހާރު ހޯދާ އަދަތުތައް އަޅައިކިޔުމުން ނުކުންނާނީ ސައެންޓިފިކް ހަގީގީ އަދަދުތަކެއް ނޫން ކަމަށް އެ ސައެންސްވެރިން ދެކެ އެވެ. އެހެން ނަމަވެސް، މިއީ އިތުރަށް ދިރާސާކޮށް ބަލަންޖެހޭ ކަމެއް ކަމަށް، އެ ބޭފުޅުން ވެސް އެއްބަސްވެ އެވެ.
"ކޮންމެ ދިރޭ މަޚުލޫގެއްގެ އެންމެ އަސާސީ މަސައްކަތަކީ އެ އެއްޗެއްގެ ދަރިފަސްކޮޅު އިތުރުކުރުން. އެ ބައެއްގެ ދަރިފަސްކޮޅު ދަށަށް ދާކަމުގެ އިޝާރާތެއް ލިބުމަކީ، އެއީ ވަރަށް މުހިންމު ހޯދުމެއް،" ކުޑަކަމުދާ ނިޒާމުގެ ބަލިތަކާ ބެހޭ ޚާއްސަ ޕްރޮފެސަރު ޑރ. މިޝެލް އެއިޒެންބާގް ވިދާޅުވި އެވެ.
"ފިރިހެނުންގެ ދަރިމައިވުމުގެ ދުޅަހެޔޮކަމާއި ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަމަކީ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދެ ކަންތައް. އެހެންވީމާ، މި ދިރާސާގައި ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވިފައި އެބަހުރި. އެ ވާހަކައަކީ، މީގެ 50 އަހަރު ކުރިން އުޅުނު ފިރިހެނުންގެ ސިއްހީ ދުޅަހެޔޮ ކަމަށްވުރެ އަހަރެމެންގެ ސިއްހީ ދުޅަހެޔޮކަން ދަށަށް ހިނގައްޖެޔޭ."
މިފަހަރުގެ ދިރާސާގައި ހިމަނާފައިވާ މައުލޫމާތުތައް ވަނީ، 2017 ވަނަ އަހަރު ކުރި ދިރާސާއެއްގެ މައުލޫމާތުތަކާ އަޅައި ކިޔައިފަ އެވެ. އަދި 2017 ވަނަ އަހަރުގެ ދިރާސާގައި މައުލޫމާތު އެއް ނުކުރާ ބައެއް ސަރަހައްދުތަކުގެ ގައުމުތަކުން ވެސް މިފަހަރުގެ ދިރާސާ އަށް މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރޭގައި މެދުތެރޭ އެމެރިކާ އާއި ދެކުނު އެމެރިކާ އޭޝިޔާ އާއި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެ އެވެ.
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް
އޮސްޓްރޭލިޔާ އަންހެނެއްގެ ސިކުނޑީގައި ދިރޭ ފަންޏެއް
ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!
މޫނުގައި އުނގުޅާ ކްރީމް ގެންނާނީ ދުނިޔެއިން ބޭރުން
ދަރިއަކަށްޓަކައި ހިތްފަޅައިގެން ގޮސް ތިބި އެތައް ބައެއް
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
ކޮންމެ ޕޮޒިޓިވް އަކީ އެކްޓިވް ކޭސްއެއް ނޫން: ދިރާސާ
ހެދުމުގައި ވައިރަސް ތަތްލަވާފާނެތަ؟
ތިމާވެއްޓާއި ސައިންސްގެ ފިލްމު ފެސްޓިލަކަށް ހުޅުވާލައިފި
އޭޑީކޭ އިން ސައިންސް ޖާނަލްއަކާއި އެޕެއް ތައާރަފްކޮށްފި