21 ފެބުރުއަރީ 2022
މޫނުގެ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް އުފައްދާ ކްރީމްތަކުގެ އެކްސްޕެރިމެންޓްތައް ކުރިއަށް އޮތް ތަނުގައި ސްޕޭސްގައި ފަށާއި ދުނިޔޭގައި ވިއްކާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
މޫނުގެ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް އުފައްދާ ކްރީމްތަކުގެ އެކްސްޕެރިމެންޓްތައް ކުރިއަށް އޮތް ތަނުގައި ސްޕޭސްގައި ފަށާއި ދުނިޔޭގައި ވިއްކާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
އިންސާނާގެ ހަމަކީ ވަރަށް ނާޒުކު އެއްޗެކެވެ. އޭގެ ތެރެއިން ވެސް މޫނުގެ ހަންގަނޑަކީ އިތުރަށް ނާޒުކު އެއްޗެކެވެ. ސްޕޭސްގައި އުޅޭއިރު މޫނުގެ ހަންގަނޑުގައި ރޫޖެހި ހަންގަނޑު ތުނިވުމަކީ ވަރަށް ފަސޭހައިން ވާ ކަމެއް ކަމަށް ސައިންޓިސްޓުން ބުނެ އެވެ. އެ ކަމަށް ބަލައި، ހަންގަނޑުގެ ރައްކާތެރިކަމަށް ވަރުގަދަ އުފެއްދުމެއް ތައްޔާރުކުރެވިދާނެ ކަން ދާދި ފަހުން ވަނީ އެނގިފަ އެވެ.
ދުނިޔޭގެ އޯބިޓުގައި އިންސާނާގެ ހަންގަނޑަށް ތަފާތު ބަދަލެއް ގެނެވިދާނެ މާހައުލެއް ވާކަން ދާދި ފަހުން ވަނީ ދަތްއުނގުޅާ ބޭސް އުފައްދާ ކޮލްގެޓް ޕާމޮލިވް ކުންފުންޏަށް އެނގިފަ އެވެ.
ދަތްއުނގުޅާ ބޭސް އުފެއްދުމަށް މަޝްހޫރު އެ ކުންފުނިން ދާދި ފަހުން ވަނީ ހަމުގެ އުފެއްދުންތައް ތައާރަފު ކުރުމަށް ހާއްސަ ޑިވިޝަނެއް އުފައްދައިފަ އެވެ.
އެއާ އެކު އެ ކުންފުނިން މިހާރު މަސައްކަތްކުރަމުން އަންނަނީ ނާސާއާ ގުޅިގެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ހަމާ ގުޅޭ ތަފާތު ގިނަ އެކްސްޕެރިމެންޓްތައް ކުރުމަށެވެ. އެ މަސައްކަތްކުރުމަށް ކޮލްގޭޓުން ވަނީ ސްޕޭސް ސްޓޭޝަންގައި ރިސާޗް ލެބެއް ވެސް ގާއިމުކޮށްފަ އެވެ.
އެ ރިސާޗްތައް ކުރުމަށް އިންސާނުންގެ ޓިޝޫ ކަލްޗާ ޕްލޭޓުތަކެއްގައި މިހާރު ވަނީ އެ ސްޓޭޝަނަށް ފޮނުވާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ތަކެތި އެތަނަށް ދާނެ ކަމަށް ނާސާއިން ބުނެ އެވެ.
އެ ރިސާޗް ލެބުގެ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ އިންސާނުންގެ ހަންގަނޑު އިތުރަށް ރީތިކޮށް އަދި ޒުވާންކޮށް ބެހެއްޓުމަށް އާ އުފެއްދުންތަކެއް ލިބޭނެ އެވެ. ތަފާތަކަށް ވާނީ މިފަހަރު އެ އުފެއްދުންތައް އަންނާނީ ދުނިޔެއިން ބޭރުން ކަމަށް ވާތީ އެވެ.
އޮސްޓްރޭލިޔާ އަންހެނެއްގެ ސިކުނޑީގައި ދިރޭ ފަންޏެއް
ފިރިހެނުންގެ ދަރިފަނި ދަނީ މަދުވަމުން
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ
އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!
ނާސާގެ އެސްޓްރޮނޯޓާކާއި ރަޝިއާގެ ސްޕޭސް ޗީފް ތޮޅެނީ
2031ގައި ސްޕޭސް ސްޓޭޝަން ކަނޑަށް ވައްޓާލަނީ
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ މަަސައްކަތް ފަށަނީ
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ