Roadha Mihaaru

ތިމާވެއްޓާއި ސައިންސުގެ ފިލްމު ފެސްޓިލެއްގައި ބައިވެރިވާން ހުޅުވާލައިފި

ތިމާވެއްޓާއި ސައިންސާ ގުޅުން ހުރި ފިލްމުތަކަށް ހާއްސަކޮށްގެން އިންޑިއާގައި ބާއްވާ ފިލްމު ފެސްޓިވަލެއްގައި ރާއްޖޭން ފިލްމުތަކެއް ބައިވެރިކުރަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

ތިމާވެއްޓާއި ސައިންސްގެ ފިލްމު ފެސްޓިލަކަށް ހުޅުވާލައިފި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

22 އޮކްޓޯބަރ 2019

ތިމާވެއްޓާއި ސައިންސާ ގުޅުން ހުރި ފިލްމުތަކަށް ހާއްސަކޮށްގެން އިންޑިއާގައި ބާއްވާ ފިލްމު ފެސްޓިވަލެއްގައި ރާއްޖޭން ފިލްމުތަކެއް ބައިވެރިކުރަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

އެތަނުން ބުނީ އަންނަ މަހުގެ 5-8 އަށް ކަލްކަތާގައި ބާއްވާ "ސައިންސް އެންޑް އެންވަޔަރަމަންޓް ފިލްމްސް ސްކްރީނިން އިން އިންޓަނޭޝަނަލް ސައިންސް ފިލްމް ފެސްޓިވަލް" ގައި ރާއްޖޭން ދޭއް ނުވަތަ ހަތަރު ފިލްމު ބައިވެރިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އެހެންވެ ފެސްޓިވަލްގައި ބައިވެރިކުރަން ޓެކްނޮލޮޖީ، އެންވަޔަރަމަންޓް، ހެލްތު އަދި ނޭޗަ ނުވަތަ ރާއްޖޭގެ ކޮންމެވެސް ކަމަކާ ގުޅޭ ތީމަކަށް ހަދާފައިވާ ޑޮކިއުމެންޓްރީ ނުވަތަ ކުރު ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެންސީއޭ އިން ބުންޏެވެ.

މިކަމަށް އެދޭ ފަރާތްތަކާ ބެހޭ މައުލޫމާތު nimish.vp@gmail.com ނުވަތަ nkapoor@vigyanprasar.gov.in އަށް އީމެއިލް ކުރަން އެދޭ ކަމަށް އެންސީއޭ އިން ބުންޏެވެ.

"އިންޑިއާ އިންޓަނެޝަނަލް ސައިންސް ފިލްމް ފެސްޓިވަލް" އަކީ އިންޑިއާގެ ޑިޕާޓްމަންޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބާއްވާ ފެސްޓިވަލެކެވެ. މީގައި އިންޑިއާ އިން އިންޑިއާ އިން ބޭރުން 12،000 މީހުން ބައިވެރިވާނެ އެވެ.

އޭގެ ތެރޭގައި ސާކްގެ ހުރިހާ ގައުމުތައް ހިމެނޭނެ އެވެ.