17 ނޮވެމްބަރ 2022
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޓެކްސް ބޮޑުކުރުމުގެ ބިލަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުން ސަރުކާރު ނުގެންގުޅޭ ކަމަށާއި އެ ބިލު މިހާރު އޮތް ގޮތަށް ވަރަށް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޓެކްސް ބޮޑުކުރުމުގެ ބިލަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުން ސަރުކާރު ނުގެންގުޅޭ ކަމަށާއި އެ ބިލު މިހާރު އޮތް ގޮތަށް ވަރަށް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން މަޖިލީހުން ފާސްކުރީ ބައެއް މެމްބަރުންނާއި ކަމާބެހޭ ބައެއް އިދާރާތަކާ އަދި އެކަމުގައި އާންމުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އޮއްވަ އެވެ. ސަރުކާރު ހިންގާ ބައެއް ޕާޓީތަކުގެ މެމްބަރުން ވެސް އެ ބިލާ ދެކޮޅެވެ.
ނަމަވެސް، އެ ބިލާ ގުޅޭގޮތުން ސަރުކާރުން އިތުރު ވިސްނުމަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތްކަމުގެ ޔަގީންކަން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ދެއްވި އެވެ.
މި ބިލު ރައީސް ތަސްދީގުކުރައްވާނެ. އިތުރަށް ރައްޔިތުންގެ މަޖިލީހަކަށް ފޮނުވާ ގޮތަކަށް ނޫން އޮތީ: މިއުވާން، ރައީސް އޮފީހުގެ ތަރުޖަމާން
"މި ބިލު ރައީސް ތަސްދީގުކުރައްވާނެ. އިތުރަށް ރައްޔިތުންގެ މަޖިލީހަކަށް ފޮނުވާ ގޮތަކަށް ނޫން އޮތީ،" މިއުވާން ވިދާޅުވި އެވެ.
"ކޮންމެ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުނީމަ އެ ރަނގަޅަށް ބައްލަވާފައި އެ ތަސްދީގުކުރޭ."
މަލާމާތުގެ ރާގަކުން ނަޝީދު: މެންބަރުން ރައީސް އަރިހަށް ވަޑައިގަތީ ގަރުދިޔަ އާއި ބަތް ކާން https://t.co/BHu3gxQsAy
— Mihaaru (@Mihaarunews) November 16, 2022
ޓެކްސް ބޮޑުކުރުމުގެ ބިލު ފާސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑުކިޔުއްވާ ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ވެސް މިއަދު ނޫސްވެރިން ސުވާލުކުރި އެވެ. ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެ ބާވަތުގެ ގާނޫނުތައް ހަދަން، ބިލުތައް ފާސްކުރަން ބޮޑު އަޣުލަބިއްޔަތެއް ގާނޫނު އަސާސީ ލާޒިމުކުރިޔަސް، އެ ބިލު ފާސްވީ މަޖިލީހުގެ ހަނި އަޣުލަބިއްޔަތަކުން ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ދެއްކި ވާހަކަތަކަށް "ކޮމެންޓް" ނުކުރައްވާނެ ކަމަށެވެ. އެކަމަކު އެ ބިލު ފާސްވީ ހަނި އަޣުލަބިއްޔަތަކުން ނުވަތަ ނޫންކަން ބިލް ފާސްކުރުމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދުން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލު ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެެވެ.އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ 14 މެންބަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުން އިއްޔެ އެ ބިލު ފާސްކުރީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެވަޑައިގެން، ރައީސް އަށް އެކަމުގެ ޝަކުވާ ވެސް ހުށަހަޅުއްވާފައި ވަނިކޮށެެވެ.
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"
ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ބޮޑު ސޭވިންއެއް
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
އަހަރު ނިމުނު އިރު މީރާ އަށް 14.5 ބިލިއަން ރުފިޔާ
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް