28 ޑިސެމްބަރ 2022
ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްގެން އަންނަ އަހަރުގެ ބަޖެޓުން ހަމަޖެއްސޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްގެން އަންނަ އަހަރުގެ ބަޖެޓުން ހަމަޖެއްސޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ މަނިކުފާނު ބޭއްވެވި މީޑިއާ ބްރީފިންގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ރާވާފައިވާ ކަންކަމާއެކު 3.2 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ ކަންކަމުގެ ތަފުސީލުތައް ވެސް އެ މަނިކުފާނު މިއަދު ދެއްވި އެވެ.
● ފިއުލް ސަބްސިޑީން އެއް ބިލިއަން ރުފިޔާ (މި އަހަރު ހަރަދު ވަނީ ދެ ބިލިއަން ރުފިޔާ)
● އާސަންދައިން 465 މިލިއަން ރުފިޔާ.
● ޕޭހާމަނައިޒް ކޮށްގެން އެއް ބިލިއަން ރުފިޔާ އާއި 1.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް.
● ކަރަންޓް ސަބްސިޑީން 150 މިލިއަން ރުފިޔާ (ޑައިރެކްޓް ސަބްސިޑީ އަށް ބަދަލުކުރުމުން ސަލާމަތް ކުރެވޭ ވަރު)
● މެޑިކަލް ކޮންސިއުމަބްލް އިން 165 މިލިއަން ރުފިޔާ.
ރައީސް ވިދާޅުވިގޮތުގައި ފިއުލް ސަބްސިޑީން އަންނަ އަހަރު އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ނިންމާފައި އޮތަސް އެ ކަން ކުރާނެ ގޮތެއް އަދި ރާވައިފައެއް ނުވެ އެވެ.
"ބޭރުން ޑިސްކައުންޓެއް ރޭޓެއްގައި ފިއުލް ލިބިއްޖިއްޔާ އެންމެ ފަސޭހަވެގެން ދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އާސަންދައިގެ ހިދުމަތުން 465 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ގޮތްތައް "ކަރުދާހަށް ނަގައި" ދެން އޮތީ ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ނިންމާފައި ވަނީ ސަރުކާރުގެ ހުރިހާ މަގާމުތަކެއްގެ މުސާރަތައް އަންނަ އަހަރުން ފެށިގެން އެއްހަމަ ކުރަން ނިންމިޔަސް އިގްތިސޯދަށް ކުރިމަތިވި ލޮޅުންތަކާ ގުޅިގެން އެ ކަން ކުރަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ.
"އޭގެ ތެރެއިން ހެލްތު ސެކްޓާ އަށް އަޅުގަނޑުމެން މި އަހަރު އަމާޒު މި ކުރަނީ. އެ ކަން ކުރާނެ. އެ އިން ސޭވް ކުރެވޭނެ ގާތްގަނޑަކަށް އެއް ބިލިއަނާއި 1.5 ބިލިއަން. އަޅުގަނޑުމެން ހަރަދު ނުކޮށް ހިފަހައްޓާފައި ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށް ވާއިރު، އެހާ ބޮޑު އަދަދެއް ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމުގެ ކިހާ ބޮޑު ޔަގީންކަމެއް އެބައޮތްތޯ "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެ ކަމަށް ދިރާސާތަކެއް ކުރި ކަމަށެވެ.
އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ މައްސަލާގައި ނޫސްވެރިން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކުރިމަތީގައި އޮއްވައި އެ ކަން ކުރާނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށެވެ. ޓެކްސް ބޮޑުކުރަން ޖެހުނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން ބައިނަލްއަގްވާމީ އިދާރާތަކުގެ ވެސް ލަފާގެ މަތިންނެވެ.
ރައީސް ވިދާޅުވީ، ޓެކްސް ބޮޑުކުރުމާއެކު އަންނަ އަހަރު އިންފްލޭޝަން 5.4 ޕަސެންޓަށް ބޮޑުވެދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އައިއެމްއެފްގެ އަންދާޒާއަކީ 3.2 ޕަސެންޓެވެ.
"އަޅުގަނޑުމެން މީގެ ހިސާބުތައް ޖަހައި ރާވަމުން މިދަނީ މީގައި އޮތް އެންމެ ގޯސް ސިނާރިއޯއަކަށް ބަލައިގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
އިގުތިސޯދު ދަމަހައްޓަން އެއްބާރުލުން ދޭން އެދިއްޖެ
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"
ޓެކްސް ބިލަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް
މުދަލުގެ އަގު ހީކުރާ ވަރަށްވުރެ ބޮޑުވެދާނެ
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި
އަހަރު ނިމުނު އިރު މީރާ އަށް 14.5 ބިލިއަން ރުފިޔާ
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި