09 ނޮވެމްބަރ 2022
އެމްޑީޕީގެ އެތެރޭގައި ބޮޑު މައްސަލަގަނޑެއް އޮތް ތަން ބަލަން ދުރުގައި ހުންނެވުމަކީ، އެ ޕާޓީ ވުޖޫދަށް ގެނައުމުގައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވި ރީކޯ މޫސާ މަނިކަށް ކުޅަދާނަ ކަމަކަށް ނުވި އެވެ؛ އޭނާ ވިދާޅުވި ގޮތުގައި، އެހެން ހުރިހާ ޕާޓީތަކާ ހިލާފަށް އެމްޑީޕީގައި އަބަދުވެސް ރޫހެއް އޮވެ އެވެ. އެ ރޫހަކީ މަރުވާނެ ރޫހެއް ނޫނެވެ.
އެމްޑީޕީގެ އެތެރޭގައި ބޮޑު މައްސަލަގަނޑެއް އޮތް ތަން ބަލަން ދުރުގައި ހުންނެވުމަކީ، އެ ޕާޓީ ވުޖޫދަށް ގެނައުމުގައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވި ރީކޯ މޫސާ މަނިކަށް ކުޅަދާނަ ކަމަކަށް ނުވި އެވެ؛ އޭނާ ވިދާޅުވި ގޮތުގައި، އެހެން ހުރިހާ ޕާޓީތަކާ ހިލާފަށް އެމްޑީޕީގައި އަބަދުވެސް ރޫހެއް އޮވެ އެވެ. އެ ރޫހަކީ މަރުވާނެ ރޫހެއް ނޫނެވެ.
އެމްޑީޕީގެ އެންމެ އިސް މަގާމު ފުރުއްވައި، އެ ޕާޓީއާ ހަތް އަހަރު ދުރުގައި ހުންނެވުމަށް ފަހު މޫސަ އިއްޔެ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެމްޑީޕީ އެންމެ ހަލަބޮލިވެގެން ދިޔަ ދުވަސްވަރު ޗެއާޕާސަން ކަމުގައި ހުންނެވި މޫސަ އަލުން ގުޅިވަޑައިގަތީ، ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހާ އެކު މުލީއާގޭގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް ސިޔާސީ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މޫސަ އެމްޑީޕީން ވަކިކުރީ، ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކަށް ވޯޓު ދެއްވަން ވަޑައިނުގެންނެވި ކަމުގެ ތުހުމަތުގަ އެވެ. އެއީ އެމްޑީޕީން ނެރެފައިވާ ވިޕަކާ ހިލާފުވުން ކަމަށް ބަލައި، އޭނާ 2014 ގައި ޕާޓީން ވަކިކުރީ ޕާޓީއާ އަލަށް ގުޅިވަޑައިގަންނަވާ ނަމަ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި އާންމުކޮށް މާފަށް އެދުމަށް ބަޔާނެއް ދިނުމަށާއި މަދުވެގެން 50 މީހުން އަލަށް ވައްދަން ފޯމު ހުށަހަޅަން ޖެހުން ހިމެނެ އެވެ.
މޫސަ ވަނީ އޭނާ ޕާޓީ އަށް ވަންނަ ސިޓީއާ އެކު 150 މީހުންގެ ފޯމް އިއްޔެ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އޭނާ ފޮނުއްވި ސިޓީގައި، 2014 ގައި އޭނާ ޕާޓީން ވަކިކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ-2) މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދާއި (ކ) މަޖިލީހުގެ ކުރީގެ ރައީސް ގާސިމް (ވ-2) އަދި މަޖިލީހުގެ އޭރުގެ ނައިބު ރައީސް މޫސަ، މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: މަޖިލިސް
އެމްޑީޕީއާ މޫސަ އަލުން ގުޅިވަޑައިގަތް އިރު، އެ ޕާޓީ އޮތީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެ މައްސަލަ ފެށެނީ ވެސް އެ ޕާޓީގެ އެންމެ މަތީފަޑިންނެެވެ. މޫސަ ވިދާޅުވި ގޮތުގައި، އެއީ ރާއްޖޭގައި މީގެ ކުރިން ވެސް ބޮޑެތި ޕާޓީތައް ހަލާކުވާން ފެށުމުގެ އަސްލެވެ.
"ޑީއާރުޕީ ފުނޑުފުނޑުވެ ބައިބައިވެގެން ދިޔައީ ވެސް އެހެން ވެގެން. މި ދަންނަވަނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީތަކުގެ ވާހަކަ. އޭގެ ފަހުން އަނެއްކާ ޕީޕީއެމްތެރެ ފުނޑުފުނޑުވެ، [ހަމަ އެ މައްސަލަ ކުރިމަތިވެ] މައުމޫން ވަކިވެގެން ގޮސް އެހެން ޕާޓީއެއް ހެދީ،" އެމްޑީޕީން 2014 ގައި ވަކިކުރުމުން ޕީޕީއެމާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވި އެވެ.
"އެ ހާލަތު އެމްޑީޕީ އަށް އަންނާކަށް ނުޖެހޭ. އެކަމަކު އަޅުގަނޑު އެމްޑީޕީ އަށް އަލުން ވަންއިރު އެމްޑީޕީ ވަރަށް ނިކަމެތި ވެއްޖެ. އެއްބައިވަންތަކަން ވަރަށް ބޮޑަށް ގެއްލިއްޖެ. މިހާރު މި ވާގޮތަކީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އިދިކޮޅަށް ޗެލެންޖް ކުރުމެއް ނެތް. އެތެރެއެތެރެއަށް ޗެލެންޖް ކުރާ ތަން މި ފެންނަނީ. އެއީ ވަރަށް ބޮޑު ގޯހެއްނު."
މޫސަ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ވެސް ކުރެވޭނީ އެ މައްސަލަތަކުން އަރައިގަނެގެންނެވެ. އެހެންވެ، އޭނާގެ އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް، ޕާޓީ އެއްބައިކުރުން ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވެސް ދަންނަވަން އޮތީ ރުޅިވެރިކަމާއި ފިތުނަ އެއްފަރާތްކޮށްފައި ގުޅިގެން އުޅެން ހިނގާށޭ. އަޅުގަނޑު ވެސް މި އައީ ނޫން ހެއްޔޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަކީ ދިވެހި ރައްޔިތުންނަށް ލިބިފައި އޮތް ވަރަށް ބޮޑު ރައުސުލްމާލެއް. އެމްޑީޕީން ވަރަށް ގިނަ ކަންތައްތައް ރައްޔިތުންނަށް މިއޮތީ ކޮށްދީފައި. ހަގީގަތަކީ މި ދެކޭ ތަރައްގީ އާއި މިނިވަން ކަމަކީ އެމްޑީޕީން ގެނެސްދިން އެއްޗެއްކަން."
އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދު އާއި މޫސަ ސަލާމް ކުރައްވަނީ -- ފައިލް ފޮޓޯ: މިހާރު
ނަމަވެސް އެ ހިތްވަރާއި ކެރުންތެރިކަން އެމްޑީޕީން ގެއްލެމުންދާ ކަން އިހުސާސް ވާން ފަށައިފި ކަމަށް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވަނީ އެ މަންޒަރަކީ ބަލަން ފަސޭހަ އަދި ހިތަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ އެމްޑީޕީ އުފައްދަން ނުވަ ވަނަ އަށް ސޮއިކުރި މީހާ. އެމްޑީޕީ އަށް މިހާރު ވަމުންދާ ގޮތަކީ އެމްޑީޕީއާ އެއްގޮތަކަށް ވެސް ދުރުގައި ހުރެވޭ ވަރުގެ ކަމެއް ނޫން. ކުރިއަށް އޮތީ ރިޔާސީ އިންތިހާބު. އެމްޑީޕީގެ ތެރޭގައި ފިތުނަފަސާދަ އުފެދި އެހެން ޕާޓީތައް ރޫޅިގެން ދާހެން ރޫޅެން އެމްޑީޕީ ރޫޅިގެން ދާކަށް އަޅުގަނޑު ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެމްޑީޕީގައި މިހާރު އޮތް މައްސަލައަކީ، އާންމު މެމްބަރުންނާ ރިޔާސަތާ ނުވަތަ އެހެން ޕާޓީއަކާ އޮތް މައްސަލައަކަށް ވުރެ ބޮޑަށް އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި، ކުރީގެ ރައީސް، އަދި ޕާޓީގެ ރައީސް މުހަންމަދު ނަޝީދާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ދެމެދު އޮތް ވެރިކަމުގެ އަރައިރުންވުމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު، އެ މައްސަލައިގައި ދެ ބޭފުޅުންގެ ސަޕޯޓަރުން ވެސް ފާޅުގައި ގެންދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އެއާ އެކު، ޕާޓީގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް މިހާރު އޮތީ، ހުރަސް ނުކުރެވޭ ވަރުގެ ރަތް ރޮނގަކުން ދެބައި ވަކިވެފަ އެވެ. ނަޝީދު އިއްޔެ ވަނީ އިބްރާހިމް މުހަންމަދަށް ތާއީދު ނުކުރައްވާނެ ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ.
އެކަމަކު މޫސަ ވިދާޅުވީ، ނަޝީދު އެހެން ވިދާޅުވީ ޖަޒުބާތުގައި ޖެހިވަޑައިގެން ހުންނަވައިގެން ކަމަށެވެ.
"ރައީސް ނަޝީދު ވަރަށް ގިނައިން ނުކުރައްވާނަމޭ ވިދާޅުވާ ކަންކަން ފަހުން ކުރައްވާނެ. އެއީ އެ އަންނަ ޖަޒުބާތުގައި ވިދާޅުވާ އެއްޗެހި،" މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އޮވޭ، ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހު ވެސް އަދި ގްރާސްރޫޓް ވެސް ރަނގަޅު ގޮތުގައި ވާހަކަ ދެއްކެވިއްޖިއްޔާ ގަބޫލު ކުރާނެ ޕާޓީގެ އެއްބައިވަންތަ ކަމަށް."
މާޒީގައި ކަން ހިނގާފައިވާ ގޮތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ލީޑަޝިޕްގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކަށް، ޕާޓީ ރޫޅާލައިފައި ގޮސް ކާމިޔާބު ލިބުމަކީ ނުވާނެ ކަމެއް ކަމަށެވެ.
މޫސަ: އޭނާ ވިދާޅުވީ އެމްޑީޕީ އެ ޕާޓީގެ ރޫހުގައި އަލުން ތެދުވާން ޖެހޭ ކަމަށް -- ފައިލް ފޮޓޯ
"އަޅުގަނޑު މިއީ 2014 ގައި އެމްޑީޕީން ކަނޑާލިއިރު، އެމްޑީޕީގައި ހުރި އެންމެ ބާރުގަދަކޮށް ހުރި އެކަކު. ކާކުތޯ އަޅުގަނޑު ކަނޑާލައިގެން އަޅުގަނޑުގެ ފަހަތުން އައީ. ނާދޭ... މާދަމާ ރައީސް ނަޝީދު ނުކުމެވަޑައިގަތަސް، ރައީސް ސޯލިހު އެމްޑީން ކެނޑިގެން ގޮސް އެހެން ޕާޓީ އަކާ ގުޅިވަޑައިގަތަސް ހަމަ ލިބޭނީ އެ ލަނޑު. ނުދާނެ އެމްޑީޕީން ވަކިވެގެންނެއް އެކަކު ވެސް،" މޫސަ ވިދާޅުވި އެވެ.
"އެމްޑީޕީގެ ރޫހަކީ އެ ކަހަލަ އެއްޗެއް. އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނޭ އެއްވެސް ބޭފުޅަކު އެހެން ޕާޓީއެއް އުފައްދައިގެން އެމްޑީޕީން ބަޔަކު ގޮވައިގެން ކާމިޔާބު ވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް."
މޫސަ ވިދާޅުވީ އެމްޑީޕީ އަށް އޭނާ އެނބުރި ވަޑައިގަތީ އަމިއްލަ އަށް އެދިވަޑައިގެން ކަމަށެވެ. އަދި އޭގެ މާނައަކީ، ބަޔަކަށް ހީވެފައި އޮތަސް، ނަޝީދު މައިތިރި ކުރަން ނުވަތަ އެހެން ބޭނުމެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ސޯލިހު ވިދާޅުވެގެނެއް ނޫން އަޅުގަނޑު މި އައީ. އަޅުގަނޑު އަމިއްލަ އަށް ފެނިގެން. ނަޝީދާ ދިމާކުރަންޏާ އަޅުގަނޑު ކޮންމެހެން އެމްޑީޕީ އަށް ވަންނާކަށް ނުޖެހޭ،" ވޭތުވެދިޔަ ހައެއްކަ އަހަރު، ނަޝީދަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި މޫސަ ވިދާޅުވި އެވެ.
"ކުރިން ވެސް ބުނިހެން އަޅުގަނޑު އެމްޑީޕީ އަށް އައީ މި ޕާޓީ ވަރަށް ނިކަމެތި ވެގެން ދާތަން އެބަ ފެނޭ. ސަރުކާރު ބަރާބަރަށް އެބަ ހިނގާ. އެކަމަކު އެމްޑީޕީގެ ރޫހު ވަރަށް ބޮޑަށް ދަށްވެފައި ވެފައި މިއޮތީ. އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ކުރީގައި އޮތް އެމްޑީޕީގެ ރޫހު އަނބުރާ ގެނެސް ޕާޓީގެ ރޫހު އަނބުރާ ގެނައުން."
މޫސަ އާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު
އެމްޑީޕީގެ ރޫހު ވަރަށް ބޮޑަށް ދަށްވެފައި ވެފައި މިއޮތީ. އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ކުރީގައި އޮތް އެމްޑީޕީގެ ރޫހު އަނބުރާ ގެނެސް ޕާޓީގެ ރޫހު އަނބުރާ ގެނައުން.
މޫސަ ވިދާޅުވީ އެމްޑީޕީ އަލުން އެއްބައިވަންތަވެ، ޕާޓީގެ ރޫހު ކުރިއަށް ނެރެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސާފުކޮށް ފެންނަން އޮތް މަންޒަރަކީ، އެމްޑީޕީގެ ޕްރައިމަރީގައި އިބްރާހިމް މުހަންމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ އެ ޕާޓީގެ ލީޑަރު ކަމުގައި ހުންނަވާ ބޭފުޅަކަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ވަރަށް ބޮޑު ތާއީދެއް އޮންނަ ޕާޓީއެއް. މިސާލަކަށް 2013ގެ އިންތިހާބަށް ރައީސް ނަޝީދު ނުކުންނެވި އިރު ރައީސް ނަޝީދަކީ ވަރަށް ޕޮޕިއުލާ ބޭފުޅެއް. އެކަމަކު އެންމެ ފަހުން ބޭއްވި ކޮންގްރެސް އަށް ބަލާއިރު އެއިން އެނގުނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް ބޮޑު ތާއީދެއް އޮތް ކަން،" މޫސަ ވިދާޅުވި އެވެ.
"ކޮންގްރެސްގެ ތާއީދު އޮތް ގޮތަށް ބަލާއިރު ހިޔެއް ނުވޭ ރައީސް ނަޝީދު ކުރިމަތިލައްވާނެހެނެއް."
މޫސަ ވިދާޅުވީ އެމްޑީޕީ އަކީ އޭނާ ވަރަށް ބޮޑު ގުރުބާނީއެއް ވި ޕާޓީއެއް ކަމަށް ޕާޓީގެ މެމްބަރުން ވެސް ގަބޫލު ކުރާނެ ކަމަށެވެ. އެހެންވެ، އޭނާ ދެން ވެސް މަސައްކަތް ކުރައްވާނީ އެ ޕާޓީ ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ވަނީ ސަރުކާރުގެ މަގާމަކަށް ނޫން. ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުގެ ޝައުގެއް ނެތް އެކަމަކަށް. އެކަމަކު ޕާޓީގައި އަޅުގަނޑަށް ފުރުސަތު ހުޅުވޭ ވަރަކަށް އެކަމައިގެން ކުރިއަށް ދާނަން. ޕާޓީ މި އަށް ވުރެ ހާލުގައި އޮތް އިރު 2012ގަ އި އެމްޑީޕީ ގޮވައިގެން ރިޔާސީ އިންތިހާބަށް ނުކުމެ އެއް ޕާޓީއެއްގެ އެންމެ ގިނަ ވޯޓު ނެގި އިރު އަޅުގަނޑަކީ ޗެއާޕާސަން. އެކަން އެންމެންނަށް ވެސް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަދިވެސް ވާނެ."
އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ފާސްކޮށްފިނަމަ އަންނަމަހު ނިޒާމީ ވޯޓަށް އެހޭނެ: ރައީސް
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
ނަޝީދުގެ މަލާމާތެއް: ރައީސް އަޅުގަނޑު ބޭނުމެއްނުވާނެ!
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ