30 އޮކްޓޯބަރ 2022
މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭނުން އެކްސްޕޯޓް ނުކުރެވި ހުރި ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް، ޖުލައި 22 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭނުން އެކްސްޕޯޓް ނުކުރެވި ހުރި ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް، ޖުލައި 22 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލައި، ގޮވާން އެކްސްޕޯޓްކުރުމުގައި އެއްބާރުލުން ނުދޭން ރަޝިޔާ ސަރުކާރުން ނިންމީ، އެ ގައުމުން ބުނި ގޮތުގައި، ކްރިމިއާގެ ބަނދަރުގައި އޮތް ރަޝިޔާގެ މަނަވަރުތަކަށް ޔޫކްރޭނުން އިއްޔެ ހަމަލާ ދިނުމާ ގުޅިގެންނެވެ. ރަޝިޔާ އިން ބުނި ގޮތުގައި 2014 ވަނަ އަހަރު އެ ގައުމުން ހިފި ޔޫކްރޭންގެ ކްރީމިއާ ބަނދަރުގައި އޮތް މަނަވަރުތަކަށް އިއްޔެ ހެނދުނުން ފެށިގެން، ހަމަލާތަކެއް ދިނީ ޑްރޯންތަކެއް ބޭނުންކޮށްގެންނެވެ.
އިއްޔެ ދިން ހަމަލާތަކުގައި 16 ޑްރޯން ބޭނުންކުރި ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ. އަދި ރަޝިޔާގެ މަނަވަރުތަކަށް މި ހަމަލާތައް ދިނީ، އިނގިރޭސި ވިލާތުގެ ކަނޑުގެ ލަޝްކަރުގެ ހާއްސަ ޔުނިޓުގެ ސިފައިންގެ ބައިވެރިވުމާ އެކުގައި ކަމަށް ވެސް ރަޝިޔާ އިން ތުހުމަތުކުރެ އެވެ.
ނަމަވެސް އިނގިރޭސި ވިލާތުން އެކަމަށް އިންކާރުކޮށް ބުނީ، ރަޝިޔާގެ އެ ތުހުމަތުތަކަކީ ޔޫކްރޭން ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތައް ދުނިޔެ އަށް ބޭޒާރުވަމުން ދާތީ، އެކަން ފޫބެއްދުމުގެ ގޮތުން ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، އެންމެ ފުރަތަމަ ވެސް ހިފީ އެ ގައުމުގެ ކަނޑުގެ ބަނދަރުތަކެވެ. އޭރު ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައި ހުރި އެތައް ހާސް ޓަނެއްގެ ގޮވާމުގެ ބާވަތްތައް އެ ބަނދަރުތަކުގައި ހުއްޓެވެ.
އެ ތަކެތި ދުނިޔޭގެ ބާޒާރަށް ނުނެރެވި ތާށިވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށް، ޔޫކްރޭނުން ގޮވާން އެކްސްޕޯޓްކުރެވޭނެ މަގު ތަނަވަސްވީ، ތުރުކީ ވިލާތާއި އދ. މަޖިލިސް މެދުވެރިގެން ޔޫކްރޭނާއި ރަޝިޔާއާ ދެމެދު، މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމަކުންނެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް ގާއިމުކުރި އެ އެއްބަސްވުމުގެ މުއްދަތު މިއަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހަމަވާނެ އެވެ. އެއަށް ފަހު، ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ، އެ އެއްބަސްވުމުގެ މުއްދަތު އާކުރުމަށް ފަހު އެވެ. މިހާރު އޮތް އެއްބަސްވުމުގެ ދަށުން، މިހާތަނަށް ނުވަ މިލިއަން ޓަނުގެ ގޮވާމުގެ ބާވަތްތައް ޔޫކްރޭނުން އެކްސްޕޯޓް ކޮށްފި އެވެ.
ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ރަޝިޔާއާ އެކުގައި އެއްބަސްވުމެއް ގާއިމުކުރަން ޖެހުނީ، ޔޫކްރޭންގެ ކަނޑުގެ ބަނދަރުތަކުން އާގުބޯޓުތަކަށް ދަތުރު ކުރެވޭނީ ކަޅު ކަނޑުގެ ތެރެއިން ކަމަށްވެފައި، އެ ކަނޑުގެ ސަރަހައްދު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި ކަމަށްވާތީ އެވެ.
ޔޫކްރޭންގެ ގޮވާން ބަނދަރަށް ރަޝިޔާ ހަމަލާ ދީފި
ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި
ކްރައިމިއާ އަށް ހަމަލާ ދިނުމަކީ ހަނގުރާމައަށް ވަނުން
ކްރީމިއާގައި ރަޝިޔާގެ މިސައިލްތަކެއް ގޮއްވާލައިފި
ގޮވާން އެކްސްޕޯޓްގެ އެއްބަސްވުން ދަމަހައްޓަން ނިންމައިފި
ގޮވާމުގެ އެއްބަސްވުމަށް ރަޝިޔާ އަމަލުކުރާނެ: ތުރުކީ
ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅާލުމަށް ވޯޓެއް
ގޮވާމުގެ އެއްބަސްވުން ތަންފީޒު ކުރުވާނަން: އެމެރިކާ
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
ޔޫކްރޭންގެ ގޮވާން ހުރި ރަޝިޔާގެ ބޯޓެއް ހިފަހައްޓައިފި