04 ޖުލައި 2022
ޔޫކްރޭނުން ވަގަށް ނެގި ގޮވާންތަކެއް ހިފައިގެން އެހެން ގައުމަކަށް ވިއްކައިލުމަށްޓަކައި ދަތުރުކުރި ރަޝިޔާގެ އާގުބޯޓެއް ހިފަހައްޓާފައިވާ ކަމަށް ތުރުކީ ވިލާތުގައި ހުންނަ ޔޫކްރޭންގެ އެމްބަސީން އިއްޔެ ބުނެފި އެވެ.
ޔޫކްރޭނުން ވަގަށް ނެގި ގޮވާންތަކެއް ހިފައިގެން އެހެން ގައުމަކަށް ވިއްކައިލުމަށްޓަކައި ދަތުރުކުރި ރަޝިޔާގެ އާގުބޯޓެއް ހިފަހައްޓާފައިވާ ކަމަށް ތުރުކީ ވިލާތުގައި ހުންނަ ޔޫކްރޭންގެ އެމްބަސީން އިއްޔެ ބުނެފި އެވެ.
އެ އެމްބަސީން ބުނި ގޮތުގައި ތުރުކީގެ ކަސްޓަމުން ރަޝިޔާގެ އާގުބޯޓު ހިފެހެއްޓީ، އެ ބޯޓުގައި ހުރީ ޔޫކްރޭންގެ ގޮވާންތަކެއް ކަން ޔޫކްރޭނަށް ޔަގީންވާތީ، އެ ބޯޓު ހިފަހައްޓައިދޭން ޔޫކްރޭނުން އެދުމުންނެވެ. އަދި އެ ބޯޓާ މެދު ގޮތެއް ނިންމޭނީ، ތަހުގީގު ކުރާ ފަރާތްތަކުން މިއަދު ބާއްވާ ބައްދަލުވުމަށް ފަހުގައި ކަމަށް ވެސް އެމްބަސީން ބުނެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، އެންމެ ފުރަތަމަ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ސަރަހައްދުތަކުގެ ތެރޭގައި، ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ޔޫކްރޭންގެ ބަނދަރުތައް ހިމެނެ އެވެ. އޭރު އެބަނދަރުތަކުގައި، ޔޫކްރޭނުން އެހެން ގައުމުތަކަށް އެކްސޕޯޓްކުރަން ތައްޔާރުކޮށްފައި ހުރި އެތައް ހާސް ޓަނެއްގެ ގޮވާން ހުއްޓެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި، ޒިބެކް ޒޯލީގެ ނަން ދީފައިވާ، ރަޝިޔާގެ ބޯޓަށް އެންމެ ފުރަތަމަ ބަރުކުރީ، މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔޫކްރޭންގެ ދެކުނު ބަނދަރެއް ކަމަށްވާ ބެރްޑީންސްކްގައި ހުރި 4500 ޓަނުގެ ގޮވާމެވެ.
ތުރުކީގެ ކަސްޓަމުން އެ ބޯޓު ހިފެހެއްޓުމަށް ފަހު، މިހާރު ނަގިލި ލާފައި އޮތީ ތުރުކީ ވިލާތުގެ ކަރަސޫ ބަނދަރުގެ ބޭރު ސަރަހައްދުގަ އެވެ. މި ބޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ރަޝިޔާ އިން ވެސް އަދި ތުރުކީ ވިލާތުން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ޔޫކްރޭންގެ ބަނދަރުތަކުގައި ހުރި ގޮވާމުގެ ބާވަތްތައް ރަޝިޔާ އިން ވަގަށް ނަގައިގެން އެކްސްޕޯޓް ކުރާ ކަމަށް ޔޫކްރޭނުން ތުހުމަތު ކުރި ނަމަވެސް، ރަޝިޔާ އިން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ ބަނދަރުތައް ހިފުމާ ގުޅިގެން، ގޮވާމުގެ ބައިނަލްއަގުވާމީ ވިޔަފާރި އަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. އެހެންކަމުން، ބައެއް ގައުމުތަކުގައި މިހާރު ވަނީ ގޮވާމުގެ ބާވަތްތައްކުގެ އަގު ބޮޑުވެ، އެހެނިހެން ކާބޯތަކެތީގެ އަގުތައް ވެސް އުފުލެން ފަށައިފަ އެވެ.
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ ސަރަހައްދުތަކުގެ ޚިޔާލު ހޯދުން ފަސްކޮށްފި
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
ޔޫކްރޭންގެ އިރުމަތިން އާންމުން ފޭބުމަށް ގޮވާލައިފި
ޔޫކްރޭންގެ އޮޑެސާއަށް ރަޝިޔާގެ މިސައިލް ހަމަލާތަކެއް
ދޮންބާސް އަލުން ހިފުމަށް ޔޫކްރޭނުން މަސައްކަތް ފަށައިފި