28 އޮކްޓޯބަރ 2022
ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ރަށު ސްވެން، އަބްދުﷲ ރަޝީދު 43، ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން އެކަން ފުލުހުން ގާތުގައި ބުނުމުން ވެސް ފަރުވާދޭން ދެކޮޅު ހަދާފައިވަނިކޮށް ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
ފުލުހުން ވަނީ އެ މައްސަލަ ނޭޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ ރަޝީދުގެ މަރުގެ މައްސަލައިގެ ޕްރައިމަރީ އިންވެސްޓިގޭޝަން އެޖެންސީއަކީ އެންއައިސީ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ކުރަންޖެހޭ މުއާމަލާތުތަކާއި މައުލޫމާތުތައް ވެސް އާންމު ކުރާނީ ވެސް އެ ކޮމިޝަނުން ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތަށް ނިންމީ ފުލުހުންނާއި އެންއައިސީން ވި އެއްބަސްވުމެއްގެ ދަށުން ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިޔަސް އެކަމުގައި ފުރަތަމަ ފަހަރަށް ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ވާހަކަ ދެއްކެވީ ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާކަން އިއުލާންކުރެއްވުމަށް ފަހު އެވެ.
ސީޕީ ވިދާޅުވިގޮތުގައި ނަމަ ރަޝީދު ހައްޔަރުކުރީ "މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ" ތުހުމަތަށެވެ.
ރަޝީދު، ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓާ މަރުވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޯނޑެއްދޫ ވަލުތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި އެ ރަށުގެ އެކި ތަންތަން ބަލައި ފާސްކުރާނެ އެވެ.
އެކަމަކު އެރަށުން ފެނިފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސީޕީ ވިދާޅެއް ނުވެ އެވެ.
ރަޝީދުގެ އިތުރުން އެ މައްސާލަގައި ފުލުހުން ވަނީ އެ ދުވަހު އެ ރަށުން އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް. ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ!
— Mohamed Hameed (@M_Hameedh) October 28, 2022
ރަޝީދުގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ރަޝީދަކީ ދުވަހަކު ވެސް މަސްތުވާތަކެތި ބޭނުންކުރި އަދި އެފަދަ ރެކޯޑެއް ވެސް އޮތް މީހެއް ނޫން ކަމަށެވެ.
އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ގަލޮޅު މޯޗަރީގައި މިވަގުތު ބާއްވާފައި އޮތްއިރު އާއިލާ އިން ވަނީ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވަނީ
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
އޮޓޮޕްސީ ހަދަން އެންއައިސީއަކަށް ނުނިންމޭނެ: ފައިރޫޝް
އިންސާފަށް ވާސިލުވާން ޕޯސްޓްމޯޓަމް މުހިއްމު: އެންއައިސީ
ހޯނޑެއްދޫން 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ
ރަޝީދުގެ އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު ހަދައިފި