05 ޑިސެމްބަރ 2023
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށު އަބްދުﷲ ރަޝީދު، މަރުވި މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމައިފި އެވެ.
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށު އަބްދުﷲ ރަޝީދު، މަރުވި މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކުރީ ޑްރަގް ޓްރެފިކިންގެ ތުހުމަތުގަ އެވެ. އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުމުން ވެސް ފަރުވާ ނުދީ ލަސްކުރުމުންނެވެ.
މި ތުހުމަތާ އެކު އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތު ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. މިކަމާ ބެހޭ ގޮތުން އެންއައިސީއާ ސުވާލުކުރުމުން ބުނީ ކަމާ ގުޅުން ހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށް ފަހު، ވީ އެންމެ އަވަހަށް ޖަވާބު ދޭނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވެ އެވެ. އެކަމަކު ދައުވާކުރަން ފޮނުވީ ކިތައް ފުލުހުންގެ މައްޗަކަށް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ރަޝީދު ހައްޔަރުކުރި އިރު އިތުރު ދެ މީހަކު ވެސް ފުލުހުން އެ އޮޕަރޭޝަންގައި ހައްޔަރުކުރި އެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ހޯނޑެއްދޫ އާއި ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފަ އެވެ.
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ
ރަޝީދުގެ މަރުގެ ތަހުގީގު: އިތުރު މައުލޫމާތެއް ނެތް!
ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އިހުމާލުއޮތްތޯ ބަލާ ތަހުގީގަށް އެއްބާރުލުން ދޭނަން:ސީޕީ
އަބްދުﷲ ރަޝީދުގެ މަރުގައި އިހުމާލެއް ނެތް: އިމްރާން
"ރަޝީދުގެ މަރުގެ ތަހުގީގުގައި ފެންނަ މަންޒަރު ތަފާތު"
119 ކިލޯ ޑްރަގް ކޭސްގައި ހިމެނޭ މީހަކު ދޫކޮށްލައިފި