ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެއާޓްރެފިކްގެ 1،200 މޫވްމަންޓް ހިނގާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
25 އޮކްޓޯބަރ 2022
ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެއާޓްރެފިކްގެ 1،200 މޫވްމަންޓް ހިނގާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
ދުނިޔޭގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ތޯހާ ވިދާޅުވީ ވައިގެ ދަތުރުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ، ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށާއި އެ އެއާޕޯޓުން ދުވާލެއްގެ މައްޗަށް އެއާޓްރެފިކްގެ 800 މޫވްމަންޓް ހިނގާ ކަމަށް ތޯހާ ވިދާޅުވި އެވެ.
އެއާކްރާފްޓެއް ޖެއްސުން އަދި ފުރައިގެން ދިއުމަކީ ވެސް އެއާޓްރެފިކް މޫވްމަންޓެއްގެ ގޮތުގައި ބަލާނެ އެވެ.
ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް މި ވަގުތު ދެމުން އަންނަނީ އެމްއޭސީއެލުންނެވެ. މި ވަގުތު 19 އެއާޕޯޓަކަށް ދަތުރުކުރެ އެވެ.
ދުނިޔޭގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ތޯހާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއޭސީއެލް
ތޯހާ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމާ އެކު އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ވަރަށް ގިނަ ބައެއްގެ، ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެކަމުގައި އޭޓީސީންގެ ދައުރު ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއާޕޯޓުތައް އިތުރުވަމުންދާ ވަރަކަށް ސީޕްލޭން ދަތުރުތައް ވެސް އިތުރުވަމުން އަންނަނީ،" އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ތޯހާ ވިދާޅުވި އެވެ.
ޕައިލެޓުންނާއި އިންޖީނިއަރުންނާ ހިލާފަށް އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ސީދާ އެމްއޭސީއެލް އިން ތަމްރީންކުރާ ބައެކެވެ. އެ ކުންފުނިން ވަނީ ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން އެންމެ ފަހުގެ ވަސީލަތްތަކާ އެކު މި އަހަރުގެ ތެރޭގައި އޭޓީއާރު ސިމިއުލޭޓަރެއް ބޭނުންކޮށްގެން ތަމްރީންތައް ވަރުގަދަކޮށްފަ އެވެ.
ތޯހާ ވިދާޅުވި ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު އާ ރަންވޭ ހުޅުވި ފަހުން އެއާޓްރެފިކް ކޮންޓްރޯލާއި އޭވިއޭޝަން ކޮމިއުނިޓީގެ މަސައްކަތަށް ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް ނަމްބަރުތައް އިތުރުވެ، ލިބޭ ލުއި ފަސޭހަ އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެ ދަތުރުތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވެ، ސީޒަންގައި މި ފަހަރު ގިނަ ބޯޓުތައް އޮޕަރޭޓްކުރެވޭނެ ކަމަށާއި އެ މަންޒަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ
އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިޔާ ސޯލިހު އަވަހާރަވެއްޖެ
ނިޔާމަ ދަތުރެއްގައި އެއާޕޯޓުގެ މި މުވައްޒަފުންގެ ހިއްސާ
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
ދުނިޔެއަށް ކުރިމަތިވި އައިޓީ މައްސަލަ ރާއްޖެއަށް ވެސް
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށައިފި
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
އޭރޮނޯޓިކަލް މެސެޖް ހޭންޑްލިން ސިސްޓަމް ޒަމާނީކޮށްފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި